މެގަމޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އެއްލައިދޫ މަނިކަށް ވިއްކާލަނީ

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

މެގަ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އަށް ވިއްކާލަން ނިންމައިފިއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ވިއްކަން ހަމަޖައްސާފައި ވަނީ ކުންފުނީގެ 51 ޕަސެންޓު ހިއްސާ އެވެ.

މެގަ މޯލްޑިވްސްއަކީ އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ވަނަ އަހަރު އުފައްދައި ހިންގަން ފެށި ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާ އޮންނަނީ ތިން ފަރާތެއްގެ އަތުގައެވެ. އެއީ ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަންގެ 49 އިންސައްތަ ހިއްސާއާއި ޑިރެކްޓަރ އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމެންޓް މިފްޒާލް އަހުމަދު އަދި ވައިސް ޕްރެޒިޑެންޓް އެޑްމިނިސްޓްރޭޝަން އެންޑް ލީގަލް އެފެއާސް މިޒްނާ އަހުމަދުގެ 51 ޕަސެންޓު ހިއްސާއެވެ.

ވިއްކާލަން ނިންމާފައި ވަނީ މިފްޒާލާއި މިޒްނާގެ ހިއްސާ ކަމުގެ މައުލޫމާތު "ސަން"އަށް ވަނީ ލިބިފައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މެގަ މޯލްޑިވްސްގެ ތަރުޖަމާން ޖާވީދު ފައިޒަލް ވިދާޅުވީ ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ސީނިއާ މެނޭޖްމަންޓާއި އޯނާޝިޕަށް ބަދަލުތަކެއް އަންނަން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމާ ގުޅޭ ކަންކަން ފައިނަލް ވުމުން މީޑިޔާއާ ހިއްސާ ކުރާނެ ކަމަށެވެ.

މެގަ މޯލްޑިވްސްއަށް އަންނަ ބަދަލުތަކާ އެކު އެ ކުންފުނީގެ މެނޭޖިންގ ިީރެކްޓަކަަށް، ފްލައި މީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ގެނައުމަށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް