ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖެއިން ދުވާ އެތުލީޓް ފްރާންސަށް ފުރައިފި

ފްރާންސްގެ ލިލީގައި ބާއްވާ އައި އައިއޭއޭއެފް ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އެތުލީޓް މުބާރާތުގައި ވާދަކުރުމަށް ފްރާންސަށް ދިއުމުގެ ދަތުރު ފުރައިފި އެވެ.

ވާލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތުލީޓް އަޒްހަމް ވަޙީދެވެ. އަދި އޭނާގެ ކޯޗެއްގެ ގޮތުގައި ފްރާންސަށް ދިޔައީ ރާއްޖޭގެ ޤައުމީ ކޯޗް މުޙައްމަދު ޢާމިރު އެވެ.

މުބާރާތުގައި އަޒްހަމް ވާދަކުރާނީ ފިރިހެންކުދިންގެ 1500މީޓަރު ދުވުމުގަ އެވެ.

މި މުބާރާތުން އަޒްހަމް އަށް ފުރުޞަތު ލިބުނީ މިދިއަ މާޗް މަހު ގދ. ތިނަދޫގައި ބޭއްވި މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕާއި، އޭޕްރީލްމަހު މާލޭގައި ބޭއްވި ދިރާގު އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި ވާދަކޮށް ހޯދާފައިވާ ނަތީޖާ ތަކަށްބެލުމަށްފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު