ޝްރިޔާ ސަރަން ރާއްޖޭން ދިޔައީ ހިތާ ދެކޮޅަށް!

ޝްރިޔާ ސަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ނަގާފައިވާ ފޮޓޯއެއް --

ހިންދީ، ތެލުގޫ އަދި ޓަމިލް ފިލްމުތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ބަތަލާ ޝްރިޔާ ސަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ދިޔައީ ހިތާ ދެކޮޅަށް ކަމަށް އޭނާ ބުނެފި އެވެ.

ޝްރިޔާ ރާއްޖެ އައިސްފައި ވަނީ މާރިޗު މަހުގެ ފަހުކޮޅު އޭނާގެ އެކުވެރިންތަކަކާ އެކު އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ޝްރިޔާ މިހާރު ވަނީ އެނބުރި އިންޑިއާ އަށް ގޮސްފައެވެ.

އިންޑިއާ ގޮސް، ޗުއްޓީ އާ ގުޅޭގޮތުން އިންޑިއާގެ މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ޝްރިޔާ ބުނީ އޭނާ ރާއްޖެ ގޮސް މަޑުކުރީ ސަފާރީ އެއްގައި ކަމަށެވެ. އަދި ޑައިވިން އަށް ދިޔަ ކަމަށާއި، މިޔަރު ތަކާ އެކު ފަތާފައި ވާނެ ކަމަށް ޝްރިޔާ ބުންޏެވެ.

ޝްރިޔާ ސަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ނަގާފައިވާ ފޮޓޯއެއް --

ޝްރެޔާ ބުނީ ރާއްޖޭގައި އޭނާ ހޭދަކުރީ ހަޔާތުގެ އެންމެ އުފާވެރި އަދި ޗާލު ދުވަސްތައް ކަމަށެވެ.

"އަހަރެން އަންނަން ބޭނުން ވެގެނެއް ނޫން ރާއްޖެ ދޫކޮށްފަ މި އައީ،" ޝްރިޔާ ބުންޏެވެ.

ޝްރިޔާ ވަނީ ރާއްޖޭގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމް ކޮށްފައެވެ. ފުރައިގެން ދަމުން އަލުން ރާއްޖެ އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ޝްރިޔާ ރާއްޖެ ސިފަކޮށްފައި ވަނީ ވަރަށް އަމާން އެހާމެ ރީތި އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައެވެ.

ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ޝްރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު އަޖޭ ދޭވްގަން އާއެކު ކުޅުނު ފިލްމު 'ދްރިޝިޔަމް' އިންނެވެ. އަދި ޝްރިޔާ މިހާރު ވަނީ އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމުގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އެ ފިލްމުގައި ޝްރިޔާ އަދަކުރާނީ އާރްޖޭ އެއްގެ ރޯލެވެ.

comment ކޮމެންޓް