މީރާ އާއި ފާލިހް ކައިވެނި ކޮށްފި، ދެމަފިރިން ފެނުނީ ތަފާތު ގޮތަކަށް!

ކައިވެނި ކުރުމަށްފަހު ކުޑަ އިރުކޮޅެއް ކުރިން މީރާ ސްނެޕްކޮށްފައިވާ ފޮޓޯއެއް. ---

ހައެއްކަ މަސް ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މީރާ މުހައްމަދާއި، މޯލްޑިވިއަން އައިޑޮލް އިން ވިދާލި އަބްދުﷲ ފާލިހްގެ ކައިވެނި ކޮށްފިއެވެ. ކައިވެނީގެ ހަފްލާ ވަރަށް ތަފާތެވެ.

ސޯލްޓް ރެސްޓޯރެންޓްގައި ދެމީހުންގެ ކައިވެނި މިއަދު ހަވީރު ކޮށްފައިވާއިރު މީރާ ވަނީ އޭނާގެ ސްނެޕްޗެޓް މެދުވެރިކޮށް ފޭނުންނަށް ކައިވެނީގެ ބައެއް މަންޒަރުތައް ދައްކާލާފައެވެ.

ކައިވެނީގެ ހަފްލާއާ ގުޅޭގޮތުން މީރާ މާ ގިނަ ވާހަކައެއް ކުރިން ދައްކާފައެއް ނުވެއެވެ. ގިނަ ކަންތައްތައް އޮތީ ސިއްރެއްގެ ގޮތުގައެވެ. ކައިވެނީގެ ހަފްލާގެ ތައްޔާރީތައް އޭނާގެ ސްނެޕްޗެޓުން އެނގޭނެ ކަމަށް މީރާ ބުންޏެވެ.

މީރާ އާއި ފާލިހު ކައިވެނި ކުރަނީ. ---

ކައިވެނީގެ ހަފްލާގައި މީރާ އާއި ފާލިހް ފެނިފައިވަނީ ތަފާތު ގޮތަކަށެވެ. ދެމަފިރިން ފެނުނީ "އިންޑިއަން ސްޓައިލެއްގެ" ހެދުމުގައެވެ. ކައިވެނީގެ ކުރިން ނަގާފައިވާ ފޮޓޯ އަކުންނާ ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯ ތަކުން އެކަން އެނގެއެވެ.

މީރާ އާއި ފާލިހްގެ ކައިވެނި ޕާޓިއަށް ދާއިރު ހަދިޔާގެ ބަދަލުގައި ސިޓީ އުރަ ގެންދިއުމަށް ވެސް އިރުޝާދު ދީފައިވެއެވެ. އެކަން އެނގުނީ ކައިވެނީގެ ދައުވަތު ކާޑުގެ ތިރީގައި ފޮށިގަނޑެއް ކައިރީ ރަސްގެ ފާހަފަ ލާފައި، ސިޓީ އުރައެއް ކައިރީ ހެޔޮ ފާހަގައެއް ލާފައި އޮތުމުންނެވެ. މިއީ މިހާރަކަށް އައިސް ކުރާ ގިނަ ކައިވެނި ތަކުން ފާހަގަ ކުރެވޭ ކަމެކެވެ.

މީރާ އާއި ފާލިހްގެ ދައުވަތު ކާޑު---

ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ކުރެވުނު ކައިވެންޏަކީ މީރާގެ އަލަތު ކައިވެންޏެވެ. ނަމަވެސް މިއީ ފާލިހުގެ ދެވަނަ ކައިވެންޏެވެ. ފާލިހުގެ ދަރިޔަކުވެސް އެބަ ހުއްޓެވެ.

މީރާ ކުރިން ވަނީ ލަވަ ކިޔުންތެރިޔާ ޔާމިން ރަޝީދު އާއި ފިލްމީ ތަރި އިސްމައިލް ޖުމައިހް (ޖުމާ) އާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

comment ކޮމެންޓް