މީރާއާއި ފާލިހްގެ ލޯބީގެ ގުޅުމުގައި މިއަދު ''ބާރުކޮށް ގޮށްޖަހާލަނީ''!

މީރާއާއި ފާލިހް. މި ދެފަންނާނުންގެ ކައިވެނި މިއަދުގެ ވަގުތެއްގައި ކުރެވޭނެ -- އިންސްޓަގްރާމް ފޮޓޯ: މީރާ

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ މީރާ މުހައްމަދާއި މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަކިޔުންތެރިޔާ އަބްދުﷲ ފާލިހްގެ ލޯބީގެ ގުޅުމުގައި ބާރުކޮށް ގޮށްޖަހާލައި މިއަދު ކައިވެނިކުރާނެއެވެ.

ކައިވެނީގެ ހަފްލާއާ ބެހޭގޮތުން މިވަގުތު ވާހަކަދެއްކެން ނެތް ކަމަށް މީރާ ބުނެއެވެ. ނަމަވެސް އުފާވެރި ކަމުގެ ހާއްސަކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިޔަށް އޮތް ވަގުތުތަކުގައި އެދެމީހުންގެ ކައިވެނީގެ ކުލަތަކަށް އިންތިޒާރުކުރަމުންދާ އެންމެންނަށް ހިއްސާކުރަމުންދާނެ ކަމަށް މީރާ ބުންޏެވެ.

މިއީ މީރާގެ އަލަތު ކައިވެނިކު -- އިންސްޓަގްރާމް ފޮޓޯ: މީރާ

އޭގެ އިތުރުން ކަވެނީގެ ހަފްލާގައި ވަރަށް "އެކްސައިޓިންގ" ކަންތައްތަކެއް ހުރި ކަމަށާއި އެ މަންޒަރުތައް ސްނެޕްޗެޓް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ފެންނާނެކަމަށް ވެސް މީރާ ބުންޏެވެ. އޭނާ ބުނީ ކައިވެނީގެ ހަފްލާއަށް ވަމުންދާ ތައްޔާރީތަކަކީ އަދި ސިއްރެއް ކަމަށާއި މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އާ އެކު "ޔެ ވާދާ ރަހާ" ގެ ދިވެހި/ހިންދީ ކަވާ ލަވަ އާއި އޭގެ ވީޑިއޯ ލަވަ ކިޔާފައިވާ މީރާ އަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އުފެދުނުު ކުޅަދާނަ އާޓިސްޓެއް ކަމަށްވާ މެޒޯ މުހައްމަދުގެ އަންހެން ދަރިފުޅެވެ. ބައްޕަގެ ހުނަރު ލިބި، ލަވަ ކިޔަން ފެށި މީރާ ވަނީ މިހާތަނަށް ގިނަ ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލައިފައެވެ.

ފާލިހް ވަނީ މީރާއާ ކައިވެނިކުރުމަށް ތައްޔާރުވެފައި -- އިންސްޓަގްރާމް ފޮޓޯ: މީރާ

މީރާއާއި ފާލިހްގެ ލޯބީގެ ގުޅުމަށް ހައެއްކަ މަސް ވެފައި ވާއިރު މިއަދު މި ކުރެވެނީ މީރާގެ އަލަތު ކައިވެންޏެވެ. ނަމަވެސް މި ކައިވެންޏަކީ ފާލިހްގެ ދެވަނަ ކައިވެންޏެވެ. ފާލިހް ކުރީގެ ކައިވެނި ރޫޅިފައިވާއިރު ދަރިޔަކުވެސް އެބަ ހުއްޓެވެ.

ފާލިހް ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލް އިންނެވެ. ގަދަ ފަހަކާ ހަމައިން އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނުކަމުގައި ވިޔަސް އޭނާއަކީ ހުނަރުވެރ،ި މޮޅު ލަވަކިޔުންތެރިއެކެވެ.

comment ކޮމެންޓް