މާޔޫސް ކަމަށް އޮތް ފަރުވާއަކީ އިސްލާމް ދީނުގެ ހަރުދަނާ އުސޫލުތައް: ހުތުބާ

އިސްލާމީ މަރުކަޒު: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނާއަށް ދިމާވާ ދަތި އުނދަގުލުގެ ވާހަކަތައް ދައްކައި މާޔޫސް ވުމުން ދުރުވުމަށް، ދިމާވާ ކަންކަން ކޮންމެވެސް ރައްޓެއްސަކާ ހިއްސާ ކުރުމަކީ އިސްލާމް ދީން ބާރު އަޅާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މާޔޫސްވުމާއި ނުތަނަވަސްކަމުން ސަލާމަތް ވުން" މި މައުލޫއަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ އިންސާނުންނަށް ޖެހޭ މުސީބާތްތަކުގައި ކެތްތެރިވާން ޖެހޭ ކަމަށާއި މާޔޫސްވުމުމާއި ނުތަނަވަސް ކަން ކުރިމަތިވަނީ އިންސާނާގެ އަގީދާ ބަލިކަށި ކަމުން ކަމަށެވެ. އަދި މުސީބާތެއް ކުރިމަތިވާ ހިނދު އަގީދާ ބަލިކަށި ވުމަކީ އޭގެ ސަބަބުން އިންސާނުންގެ ސިކުނޑިއަށް ޝައިޠާނާ އަވަލައި އެމީހާ މާޔޫސް ކޮށްލާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ މާޔޫސް ވުމުން ސަލާމަތް ވުމަށް، ރަނގަޅު ހެޔޮލާފާ ރައްޓެހިން އިހްތިޔާރު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ދުނިޔޭގައި ތިމާޔާ އެކުގައި އުޅެން ހެޔޮލަފާ ރަހުމަތްތެރީން އިހްތިޔާރުކޮށްފިނަމަ އެކަމުގެ ފައިދާ ދުނިޔޭގައިވެސް އަދި އާހިރަތުގައިވެސް ކުރާނެ ކަމަށެވެ. އަދި ތިމާގެ ދަރިންނަށްވެސް ރަނގަޅު ރަހުމަތްތެރީން ހޯދުމަށް ބާރު އެޅުމަށް ހުތުބާގައިވަނީ ގޮވާލައްވައިފައެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ނަސީބު ދެއްވާނި ތަގުވާވެރި މީހުންނަށް ކަމަށާއި ﷲ ސުބުހާނަހޫ ވަތައާލާއަށް ބިރުވެތިވެ ތިމާގެ ޢަމަލުތައް ސީދާކޮށް އަބަދުވެސް ތެދު ބުނުގައި ދެމިހުރުމަށް ގޮވާލާކަމަށެވެ. އަދި ބުނެފައިވަނީ އެކަކު އަނެކަކަށް އަބަދުވެސް ހިނިތުންވުމާ އެކު މުއާމަލާތް ކުރުމަށާއި ހިނިތުންވުމަކީ ޞަދަގާތެއް ކަަމަށެވެ.

comment ކޮމެންޓް