ވެލެންސިއާގެ ޓާގެޓަކީ މޮޅުވުން: ފެސްކޯ

ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ(ފެސްކޯ)--އީގަލްސް އަދި ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަނީ --ސަންފޮޓޯ/ ފަޔާޒް މޫސާ

ވެލެންސިއާގެ ޓާގެޓަކީ މުބާރާތުގައި ދެވެން އޮތް އެންމެ މަތީ ފަންތިއަކަށް ދިޔުން ކަމަށާއި މަސައްކަތް ވެސް ކުރަނީ އެ އަޒުމުގައި ކަމަށާއި އަދި ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗުވާނީ ވެލެންސިއާއަށް ފައިނަލް މެޗަކަށް ކަަމަށް އެޓީމުގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

އީގަލްސް އަދި ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިނންނާ ވާހަކަ ދައްކަމުން ފެސްކޯބުނީ ވެލެންސިއާގެ ޓާގެޓަކީ އަބަދުވެސް އެންމެ ރަނގަޅު ނަތީޖާ ހޯދައި އެންމެ މަތީ ފަންތިއަށް ދިޔުން ކަމަށެވެ. އަދި އީގަލްސްއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށާއި އޭނާގެ ޓީމުން ނުކުންނާނީ އީގަލްސް އަތުން މޮޅުވާން ކަމަށެވެ.

"މެޗަށް ނުކުންނާނީ މޮޅުވާން. ޓީމު މަސައްކަތް ކުރާނީ ވެސް ތިން ޕޮއިންޓް ހޯދަން،" ފެސްކޯ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް އުޅޭތޯ ސުވާލް ކުރުމުން ފެސްކޯ ބުނީ އަނިޔާގެ މައްސަލަ އެބައުޅޭ ކަމަށާއި މާދަމާގެ މެޗުގައި ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަަމަށެވެ.

ލީގުގައި ވެލެންސިއާ މިހާތަނަށް ކުޅެފައިވާ މެޗުތަކަށް ބަލާއިރު އެޓީމުގެ ނަތީޖާ ރަނގަޅު ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެޓީމު އެންމެ ފަހުން ވާދަ ކުރި މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށްވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ލީގުގައި މިހާތަނަށް ވެލެންސިއާ ވަނީ ގްރީން ސްޓްރީޓާ އެއްވަރުކޮށް މާޒިޔާއަތުން އަދި ނިއުރޭޑިއަންޓް އަތުންވެސް ބަލިވެފައެއެވެ.

comment ކޮމެންޓް