ފަރިވާގެ ފިހާރަ ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް ނެތް: ހުކުމް

ފަރިވާ ފިހާރާގައި ރޯވެ އަނދާފައި --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިިދިޔަ އަހަރުގެ ޖެނުއަރީ މަހު 20ގައި މާފަންނު ފާމްދޭރި މަގުގައި ހުރި ފަރިވާ ފިހާރާގައި އަލިފާން ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ފަރިވާގައި އަލިފާން ރޯވި މައްސަލާގައި ސްޓެލްކޯއާ ދެކޮޅަށް ދައުވާކުރީ ފަރިވާގެ ވެރިޔާ މަޚުމާ ހުސައިން ރަޝީދެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ފަރިވާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 33 މިލިއަން ރުފިޔާ ނަގައިދިނުމަށް މަހުމާ ހުސައިން ކޯޓުގައި އެދުނެެވެ. އޭނާ ކުރި ދައުވާގައި ވަނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ފިހާރަ ބޭރުގައި ބަހައްޓާފައިހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ފިހާރާގައި ރޯވީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުންކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ވެސް އެ ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް