ލަންކާގެ ޓީމަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިން މެޗުވެސް ގައުމީ ކްރިކެޓް ޓީމުން ކާމިޔާބު ކޮށްފި

ދިވެހި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއި ކްރިކް ސްރީލަންކާ ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ / ކްރިކެޓް ބޯޑް

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ސްރީލަންކާގެ ކްރިކް ސްރީލަންކާ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިން މެޗުވެސް ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.

މި ދެޓީމުގެ ދެމެދުގައި ކުޅުނު ފުރަތަމަ މެޗު ދިވެހި ގައުމީ ޓީމުން ކާމިޔާބުކުރީ 266 ލަނޑު ގެ ބޮޑު ތަފާތަކުންނެވެ. އިއްޔެ އެކުވެނި ދަނޑުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދި 318 ލަނޑުންނެވެ. ލަންކާ ޓީމަށް ހެދުނީ 10 ކުޅުންތެރިން ނުބައިވެގެން 52 ލަނޑެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ ސެންޗަރީ އެއް ފުރިހަމަ ކުރި ޝަފްރާޒް ޖަލީލެވެ. އޭނާ ވަނީ ރާއްޖެއަށް 176 ލަނޑު ހަދައިދީފައެވެ. ޝަފްރާޒްވަނީ ނުބައި ނުވެ ދަނޑު މަތީގައި 171 މިނިޓް ހޭދަކޮށް 21 ފަހަރު ހަތަރަކަށް ޖަހައި 5 ފަހަރު ހަޔަކަށް ޖަހައި މޮޅު ކުޅުމެއް ދައްކައިފައެެވެ. މި މެޗުގައި ރާއްޖޭގެ މުހައްމަދު ޝާފީއާ ސްރީލަންކާ ޓީމުގެ ބީ ސަމްޕަތު ވަނީ ޖުމުލަ ހަތަރު ވިކެޓް ނަގައިފައެވެ.

ކްރިކް ސްރީލަންކާ ޓީމުން ރާއްޖެއަށް މިކުރާ ދަތުރުގައި ގައުމީ ޓީމާ ދެކޮޅަށް މީގެ ކުރިން ދެ މެޗު ކުޅެފައިވާއިރު ދެ މެޗުވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ. މިހާތަނަށް ކުޅެފައިވަނީ ޓީ 20ގެ އެއް މެޗާއި 50 އޯވަރުގެ ދެމެޗެވެ.

މި މަހުގެ ހަތްވަނަ ދުވަހު ކުޅުނު ޓީ 20ގެ ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ ހަތް ކުޅުންތެރިން ނުބައިވެގެން ހެދި 152 ލަނޑުންނެވެ. ލަންކާ ޓީމަށް ހެދުނީ 10 ކުޅުންތެރިން ނުބައިވެގެން 147 ލަނޑެވެ.

ދެވަނަ މެޗު މި މަހުގެ އަށް ވަނަ ދުވަހު ކުޅުނުއިރު އެ މެޗުވެސް ކާމިޔާބުކުރީ ދިވެހި ޓީމުންނެވެ. 50 އޯވަރުގެ މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 10 ކުޅުންތެރިން ނުބައިވެގެން ހެދި 193 ލަނޑުންނެވެ. ލަންކާ ޓީމުގެ 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ.

ލަންކާގެ ކްރިކް ސްރީލަންކާއާ ރާއްޖެއާ ކުޅޭ ރަހުމަތްތެރިކަމުގެ ހަތަރު ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެނދުރު 14:00 ގައި އެކުވެނި ކްރިކެޓް ދަނޑުގއެވެ.

comment ކޮމެންޓް