ނޭޕާލުގެ ޓޫރިޒަމް ބޯޑުން ސަޓާ އެވޯޑު އެންޑޯޒްކޮށްފި

ސަޓާގެ މިދިޔަ އަހަރުގެ އެވޯޑު ހަފްލާގައި ވިޒިޓާސް އެވޯޑްގެ ތެރެއިން ރާއްޖެއަށް ލިބުނު އެވޯޑަކާ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތިންވަނަ ސެކްރެޓަރީ އަލީ ޚައްތާބު ހަވާލުވެލައްވަނީ --- ފޮޓޯ/ ސަޓާ

ނޭޕާލުގެ ޓޫރިޒަމް ބޯޑުން، ހައިރައިޒްގެ ބްރޭންޑެއް ކަމަށްވާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެންޑޯޒްކޮށްފިއެވެ.

ސަޓާ އަކީ ހައިރައިޒްއިން ކުރި ފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައިވަނީ 270 ނޮމިނޭޝަންސްއާ އެކު ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި 18 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

ހައިރައިޒުން ބުނި ގޮތުގައި ސަޓާ ގައި މިއަހަރު އިތުރު ކެޓަގަރީތަކެއް ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި އެޑްވެންޗާ ސާވިސްއާއި އެޑްވެންޗާ ހޮޓެލް އާއި ކްލާސިކް ހޮޓެލްސްގެ އިތުރުން އަދި އިތުރު ކެޓަގަރީތަކެއް އިތުރުކޮށްފައިވާ ކަމަށްވެސް ސަޓާ ބްރޭންޑުގެ ބެލެނިވެރި ކުންފުނިން ބުންޏެވެ.

މި ބްރޭންޑު އެންޑޯޒް ކުރުމަށްފަހު ނޭޕާލް ޓޫރިޒަމް ބޯޑުގެ ސީއީއޯ ދީޕަކް ރާޖް ޖޯޝީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އެގައުމުގައި ހުރި އެޑްވެންޗާ ފެސިލިޓީސްތައް ސަރަހައްދީ ފެންވަރުގައި ބަލައިގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ބްރޭންޑުގައި ބައިވެރިވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގައި ނޭޕާލްގެ ޓުއަރިޒަމް އިތުރަށް ކުރިއަރައިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ބްރޭންޑު އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު

ހައިރައިޒްގެ ފައުންޑާ އަދި މެނޭޖިން ޑިރެންޓަރު އިސްމާއިލް ހަމީދު ވިދާޅުވީ މިއަހަރުގެ އެވޯޑު ހަފްލާ ބާއްވާ ތާރީޚެއް އަދި ޔަގީން ނުވި ނަމަވެސް މަސައްކަތް ކުރަމުން ދަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ބޭއްވޭތޯ ކަމަށެވެ.

މިދިޔަ އަހަރު އެ އެވޯޑު ހަފްލާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އެވެ.

comment ކޮމެންޓް