މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ތުހުމަތުކޮށް އިތުރު މީހަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްގެން އަފްރާތު ފުލުހުންގެ ހެޑްކުއާޓާސްއަށް މިރޭ ގެންދަނީ --- ފޮޓޯ/ ސޯޝިއަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުން ކޯޓު އަމުރެއް ވެސް ނެތި މިރޭ ހައްޔަރުކޮށްފައި ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ އަދި ގުޅިފަޅު އިންވެސްޓްމެންޓްގެ ކުރީގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފައިވާ އިބްރާހީމް އަފްރާތު އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ. މއ. ގުލްޝަންކިނާރާގެ ފުލުހުން ރޭ ބަލައި ފާސްކޮށްފައި ވަނީ ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހު އެވެ.

ރިޝްވަތު ދިނުން އަދި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުން މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް އެގޭން ފުލުހުންނަށް ފެނިފައެއް ނުވެ އެވެ.

comment ކޮމެންޓް