ޖަންގަލީގައި ރާމާމަކުނުތަކާއެކު ދިރިއުޅުނު ކުޑަ ކުއްޖަކު ސަލާމަތްކޮށްފި

އިންޑިއާގެ ޖަންގަލީގައި ރާމާ މަކުނުތަކަކާއި އެކު އުޅެނިކޮށް ފެނިފައިވާ ކުޑަ އަންހެން ކުއްޖާ ހޮސްޕިޓަލްގައި ---

އިންޑިއާގެ ޖަންގައްޔެއްގައި ރާމާމަކުނު ތަކަކާ އެކު ދިރިއުޅެމުންދިޔަ ކުޑަ އަންހެން ކުއްޖަކު އެ ގައުމުގެ ފުލުހުން ސަލާމަތް ކޮށްފި އެވެ. އެ ކުއްޖާގެ އުމުރު ޔަގީން ވެފައިނުވާއިރު އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ އެ ކުއްޖާއަކީ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުއްޖެއް ކަމަށެވެ. އެ ކުއްޖާއަކަށް ވާހަކަ ދައްކަން ނޭނގޭ އިރު، ހިނގާކަން ވެސް ނޭނގެ އެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ނިއުޔޯކް ޕޯސްޓުން ރިޕޯޓް ކުރި ގޮތުގައި އެ ކުއްޖާ އެންމެ ފުރަތަމަ ފެނިފައި ވަނީ މީގެ ދެ މަސް ކުރިން އިންޑިއާ އާއި ނޭޕާލް ގުޅޭ ބޯޑަރު ކައިރިން އިންޑީއާ ފަޅިން ކަމަށެވެ.

އިންޑިއާ ފުލުހުން އެ ކުއްޖާ ސަލާމަތް ކުރިއިރު އޭނާ އުޅެމުން ދިޔައީ އިންސާނީ މިޒާޖާ މުޅިން ތަފާތުކޮށް ރާމާމަކުނު އުޅޭ ގޮތަށް އެ އެއްޗިސްއާ އެކުގަ އެވެ. އަދި ފުލުހުން އެ ކުއްޖާ ސަލަމާތް ކުރަން އުޅުމުން ރާމާ މަކުނުތައް ހުރަސް އެޅި ކަމަށާއި އެ ކުއްޖާ ފުލުހުންގެ ކިބައިން ސަލާމަތް ކުރަން މަކުނުތައް މަސަތްކަތް ކުރި ކަމަށްވެ އެވެ.

"އަހަރެމެންނަށް އެ ކުއްޖާ ފެނުނުއިރު ވަނީ ތިން ވަރަކަށް ރާމާ މަކުނު ވަށާލާފައި. ބަލާލާފައި ހިވަނީ ވަރަށް ބަޑުހައި ވެފަ ބަލިކޮށް އިންހެން. އަހަރެމެން ކާއެއްޗިހި ދިނުމުން އެ ކުއްޖާ ވަނީ އެ އެއްޗިހި ކައިފަ،" އިންޑިއާގެ ފުލުހުންގެ އިންސްޕެކްޓަރު ރާމް އަވަޓާ ވިދާޅުވިއެވެ.

އިންޑިއާގެ ޖަންގަލީގައި ރާމާ މަކުނުތަކަކާއި އެކު އުޅެނިކޮށް ފެނިފައިވާ ކުޑަ އަންހެން ކުއްޖާ ހޮސްޕިޓަލްގައި ---

އޭނާ ބުނީ ރާމާމަކުނުތަކާއެކު ދިރިއުޅުނު ކުއްޖާއަކީ ވިހެއުމަށްފަހު ޖަންގައްޔަށް އެއްލާލި ކުއްޖެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ކުއްޖާއަކީ ކާކުގެ ދަރިއެއްކަން އަދި ކަށަވަރެއް ނުވެ އެވެ.

މިހާރު އެ ކުއްޖާއަށް އަންނަނީ އިންޑިއާގެ ޗައިލްޑް ޕްރޮޓެކްސަން އޮފީހުގެ ބެލުމުގެ ދަށުން ހޮސްޕިޓަލްގައި އެޑިމިޓްކޮށް ފަރުވާ ދެމުންނެވެ.

"އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރު ވެސް ހުރީ ވަރަށް ބިރުން. އޭނާގެ އުޅުން ހުރީ ރާމާ މަކުނެއްގެ އުޅުން ހުންނަ ގޮތަށް. ކާއެއްޗެތި ކަނީ ވެސް އިންސާނުން ކައިބޮއި އުޅޭ ގޮތާއި މުޅިން ތަފާތުކޮށް،" ޗީފް މެޑިކަލް އޮފިސަރު ޑރ. ޑެނިޝް ޝިންހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުއްޖާ ވަނީ މަލްނިއުޓިރުޝިންގެ ސިކާރައަކަށް ވެފައި ކަމަށާއި ލަފާ ކުރެވޭ ގޮތުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި ކައިފަ ވަނީ ޖަނަވާރުން ކައި އުޅޭ ތަކެތި ކަމަށެވެ. އަދި އެ ކުއްޖާއަށް އެއްވެސް ވަރަކަށް ވާހަކަ ދައްކަން ނޭނގޭ އިރު މީހުން ކިޔާ އެއްޗިހި ނަގައި ގަނެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް