ވެލާނާ އެއާޕޯޓަށް ޖެއްސި ޓާކިޝް އެއާލައިން ފްލައިޓަކުން ތެޔޮ ލީކުވެއްޖެ

ޓާކިޝް އެއާވޭސްގެ ބޯޓެއް----

ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައި ޓާކިޝް އެއާލައިނުގެ ފްލައިޓެއްގެ ލޭންޑިންގް ގިއަރު ފެއިލްވެ، އެ ބޯޓުން ތެޔޮ ލީކުވެއްޖެއެވެ.

ޓާކިޝް އެއާލައިންސްގެ ފްލައިޓު ޓީކޭ 731 ކޮލޮމްބޯއިން ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައި ލޭންޑިންގް ގިއަރު ފެއިލްވި ކަމަށް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވިއެވެ.

އަދި އެކަމާ ގުޅިގެން ހައިޑްރޮލިކް ލީކެއް ކުރިމަތިވެ، ބައި ގަޑިއެއްހާ އިރު ވަންދެން ބޯޓު ރަންވޭ މަތީގައި ހުއްޓިފައި އޮތުމުން ކުޑަ އިރުކޮޅަކަށް ރަންވޭ ބަންދުކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެ ބޯޓު ނަގާފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް