މަސްތުވާތަކެތީގެ މައްސަލައެއްގައި އެމްޑީޕީ ކެނޑިޑޭޓަކު ހައްޔަރުކޮށްފި

އއ. ރަސްދޫން މަސްތުވާ ތަކެތީގެ މައްސަލަ އެއްގައި އެމްޑީޕީ ކެންޑިޑޭޓު ހައްޔަރު ކުރީ ރޭ ފަތިހު----

އއ. ރަސްދޫ ކައުންސިލަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލު މޫސާ މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށު އޮއިވަރުގޭ އަބްދުﷲ އަނިލް، ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު 5:30 އެހާއިރު ކަަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އަނިލް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރިކަމުގެ މައްސަލައެއްގަ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ރަސްދޫން މީގެ ކުރިން ވެސް ވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެއް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ރޭ ހައްޔަރު ކުރި އަނިލްއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް