ދުނިޔޭގެ ދެ ވަނައަށް އެންމެ ރީތި އަންހެނަކަށް ޕްރިޔަންކާ

ބަޒްނެޓް އިން ކުރިޔަށް ގެންދިޔަ ވޯޓެއްގައި ޕްރިޔަންކާ އަށް ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ރީތި އަންހެނާގެ މަގާމު ލިބިފައި---

މުޅި ދުނިޔޭގެ ވެސް ދެވަނައަށް އެންމެ ރީތި އަންހެނަކަށް ބޮލީވުޑްގެ ފިލްމުތަކުން ބެލުންތެރިންގެ ހިތް ތައް ފަތަހަކުރަމުން އަންނަ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮވިއްޖެއެވެ.

ސޯޝަލް މީޑިއާ ނެޓްވޯކް ބަޒްނެޓް އިން ދުނިޔޭގެ އެންމެ ރީތި 30 އަންހެނުން ހޮވަމަށް ކުރިޔަށް ގެންދިޔަ ޕޯލްގައި ދެވަނައަށް އާންމުންގެ އެންމެ ގިނަ ވޯޓް ލިބިގެން އެންމެ ރީތި އަންހެނާގެ މަގާމު ޕްރިޔަންކާ އަށް ލިބުނުއިރު އޭނާ އަކީ އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ބޮލީވުޑް އެކްޓްރެސް އެވެ.

ެއެ ލިސްޓުގެ ދެވަނައިން ޖާގަ ހޯދަމުން ޕްރިޔަންކާ ވަނީ ، ހޮލީވުޑްގެ އެންމެ ރީތި އަންހެނުންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި އެމާ ވޮޓްސަން އަދި ޖިޖި ހަޑީޑީ ފަދަ ތަރިން ވެސް ފަހަތަށް ޖައްސާލާފަ އެވެ.

ބަޒްނެޓް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި އެއްވަަނަ އަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަނަ އަށް ހޮވިފައިވާ އަންހެނަކީ، ލަވަކިޔުންތެރިޔާ ބިއޯންސޭ އަށެވެ.

ޕްރިޔަންކާ ޗޯޕްރާ

އެ މަގާމު ޕްރިޔަކްނާ އަށް ލިބުމުން އޭނާ ކުރި ޓްވީޓެއްގައި އޭނާ އަށް އެ މަގާމު ދިނުމަށް ވޯޓު ކުރި އެންމެންނަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. ޕްރިޔަންކާ ވެސް ބުނެފައި ވަނީ، އެންމެ ރީތި އަންހެނާގެ މަގާމު ލިބުނު ބިއޯންސޭއަކީ އޭނާގެ ވެސް އެއްވަނަ ކަމަށެވެ.

އެންމެ ރީތި 30 އަންހެނުން ހޮވުމަށް ބަޒްނެޓް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި ތިންްވަނަ ޓޭލާ ހިލް އަށް ލިބުނުއިރު ހަތަރު ވަނާގައި ހިމެނިފައި ވަނީ އެމާ ވޮޓްސަން އެވެ. އަދި ފަސް ވަނާގައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ތަރި ޑަކޯޓާ ޖޯންސަން ހިމެނުނުއިރު، ހަވަނަ ލިިބިފައި ވަނީ ނިމުނު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ހިލަރީ ކްލިންޓަނަށެވެ. މީގެ އިތުރުން މިލިސްޓުގެ އަށް ވަނައިގައި ވަަނީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ވެސް ހިމެނިފަ އެވެ.

އެ ލިސްޓުގެ ފަހުރުވެރި ދެވަނާގައި ހިމެނުނު، ޕްރިޔަންކާ އަކީ މިހާރި ހޮލީވުޑްގައި ވެސް މަޝްހޫރުކަން ހޯދަމުން އަންނަ ފަންނާނެކެވެ. އެނާ ވަނީ "ކުއާންޓިކޯ" ކިޔާ ސީރީޒް އަކުން ބެލުންތެރިންގެ މެދުގައި މަގުބޫކަން ހޯދާފައެވެ. އަދި އޭނާގެ މޮޅު ހުނަރު ފެނިގެންދާނެ އިތުރު ހޮލީވުޑް ފިލްމެއް ވެސް ދަނީ ރިލީޒް ކުރަން ތައްޔާރުވަމުންނެވެ. އެއީ "ބޭވޮޗް" އެވެ.

comment ކޮމެންޓް