ދަންމާނުގޭ 11 މީހުން އަދި ވެސް ވަގުތީ ހިޔަލުގައި

ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެ އަނދަނީ--

ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި "ދަންމާނު" ގޭ 11 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ދަންވަރު 2:15 ކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ތިން ފުލޯއަށް ހަދާފައިވާ އެގޭ ވަނީ ނޫޅެވޭވަރަށް އަނދާހުލިވެފަ އެވެ. އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެގޭ ދެވަނަ ފުލޯގައި ކަރަންޓް ޝޯޓެއްވެގެންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓާ ހިސާން ހަސަން ވިދާޅުވީ، އެ ހާދިސާގައި ވަގުތީ ހިޔާއަށް ބަދަލުކުރި 11 މީހުންގެ ތެރެއިން ހަތް މީހަކު މިއަދު މާލޭ ސިޓީ ކައުންސިލް އިން ވަގުތީ ހިޔާވަހިކަން ދިނުމަށް ހިފާފައިވާ އެޕާޓްމަންޓަކަށް މަސް ދުވަހަށް ބަދަލުކުރާ ކަމަށެވެ.

ބާކީތިބި ހަތަރު މީހުން އަދި ވެސް ތިބޭނީ ވިލިމާލޭ ގެސްޓް ހައުސްގައި ޑިޒާސްޓާގެ ބެލުމުގެ ދަށުގަ އެވެ.

އެމީހުން ދިރިއުޅުމެދުންދިޔަ ގޭ އެސެސްމަންޓްތައް ހެދުމަށް ފަހު މަރާމާތު ކުރުމަށް ވަނީ އަންގައިފަ އެވެ.

ވަގުތީ ހިޔާއަށް ބަދަލުވި 11 މީހުން ފިޔަވާ އެގޭގައި ދިރިއުޅުނު އެހެން ފަރާތްތަކުން މިހާރު ވަނީ އެކިތަންތަނަށް ބަދަލުވެފަ އެވެ.

comment ކޮމެންޓް