ގެއްލުނު ފަތުރުވެރިޔާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އެރިޔަދޫ ރިސޯޓު --

ކ. އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އޭނާ މަރުވެފައި އޮތީ އެރިޔަދޫ ރިސޯޓު ކައިރި ވިލުތެރޭ މޫދު އަޑީގައި ކަމަށެވެ. އެއީ 35 އަހަރުގެ ފިރިހެނެކެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓު ބަޔަކަށެވެ. އެކަން އެމްއެންޑީއެފަށް އެންގީ ވެސް އެ ރިސޯޓުންނެވެ.

އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު އިރުއޮއްސި 18:30 ހާއިރު އެވެ.

އެމްޑީއެފުން ބުނި ގޮތުން އޭނާ މޫދަށް އެރުނީ މިއަދު މެންދުރު ދޭއް ޖަހާއިރު އެވެ.

comment ކޮމެންޓް