އިންޑޮނޭޝިއާގައި ގެއްލުނު ޒުވާނަކު ފެނުނީ ހަރުފައެއްގެ ބަނޑުތެރެއިން

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ޕައިތަންގެ ބަނޑުތެރެއިން ނަގާފައި --- ފޮޓޯ/ ވައިރަލް ޕްރެސް

އިންޑޮނޭޝިއާގައި ގެއްލިގެން ހޯދަމުން ދިޔަ ޒުވާނެއް ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން ފެނިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަކްބަރު ސަލުބިރޯ ނަމަކަށް ކިޔާ 25 އަހަރުގެ ފިރިހެނަކު ގެއްލިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ އެންމެ ފަހުން ގޮސްފައި ވަނިީ އިންޑޮނޭޝިއާގެ ހުޅަނގުގައި އޮންނަ ސުލަވެސީ ނަމަކަށް ކިޔާ ރަށަކަށެވެ.

އަކްބަރުގެ އާއިލާގެ މީހުންނާއި ރައްޓެހިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ބަނޑު ފުފިފައި އޮތް ޕައިތަން އާއިލާގެ ބޮޑު ހަރުފައެއް މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

އެ ހަރުފަގެ ބަނޑު ފަޅާލުމުން ހޯދަމުން ދިޔަ ޒުވާނާގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ލައިގެން ހުރި ހެދުމާ އެކު ހަރުފަ ބަނޑުތެރެއިން އޭނާގެ ހަށިގަނޑު ނަގައި ބެލިއިރު، ހަށިގަނޑަށް މާ ބޮޑެތި ޒަހަމްތަކެއް ލިބިފައެއް ނެތެވެ. އެ ޒުވާނާ މަރުވެފައި ވަނީ ހަރުފައިގެ ޝިކާރައަކަށްވެ، ނޭވާނުލެވިގެން ކަމަށްވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ހަރުފައިގެ ދިގު މިނުގައި، ހަތް މީޓަރު ހުރެ އެވެ.

comment ކޮމެންޓް