ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓް ދޫކޮށްލައިފި

ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސައިން އަބްދުއްސަލާމް އާދަމް -- ފޮޓޯ: ފޭސްބުކް

ފުލުހުން ހައްޔަރުކުރި ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓް ހުސައިން އަބްދުއްސަލާމް އާދަމް އާދަމް ދޫކޮށްލައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހައްޔަރުކުރި ސަލާމް ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރުކުރި ހަތަރު ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ އާދީއްތަ ދުވަހުއެވެ.

އެމްޑީޕީ ވިލުފުށީ ދާއިރާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަބްދުއްސަލާމް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ވިލުފުށީ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންގެ އަގުވައްޓާލަން ބަޔަކު އަޑީގައިތިބެގެން ރާވައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ނެގުމަށް މީހަކު އަންގައިގެން ކަމަށް ބުނެ ކެންޑިޑޭޓުންނަށް ހުށަހެޅުންތައް ހުށަހަޅައި ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ކަމަށާއި އެފަދަ އަމަލުތަކަކީ ޑިމޮކްރެސީއާ ބީރައްޓެހި ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވައިގެން ނަމަވެސް ޖަލަށްލާނެ ކަމުގެ އިންޒާރު މީގެ ކުރިން އެކިފަހަރުމަތިންދީފައިވާ ކަމަށް އެ ބަޔަނުގައިވެ އެވެ.

އެފަދަ އަމަލުތައް ހުއްޓާލައި ވާދަވެރި ކެމްޕޭނެއްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް