މުބާރާތުން ކެޓިޔަސް، ރާއްޖެއަށް ކުރިއެރުން ހޯދުނު: ޝަރަފް

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ހުސްއަތާ ނިންމާލަން ޖެހުނަސް، ރާއްޖޭގެ ޓީމަށް ކުރިއެރުން ހޯދުނު ކަމަށް ގައުމީ ވޮލީ ކޯޗު މުހައްމަދު ޝަރަފް ބުނެފިއެވެ.

އަމިއްލަ ގައުމުގައި ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތް ރާއްޖެއަށް ނިންމާލަން ޖެހުނީ އެންމެ ފުލުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ލޯ މެޑެއްޔެއް ރާއްޖެއިން ހޯދިއިރު، 2015 ވަނަ އަހަރު ރާއްޖޭގެ ޓީމުން ރިހި މެޑެއްޔެއް ހޯދިއެވެ. ރާއްޖެއިން ރިހި މެޑެލް ހޯދިއިރު، އެ ޓީމުގެ ކޯޗަކީ މިއަހަރު އަލުން ޓީމާ ހަވާލުވި ކޯޗު ޝަރަފެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗަށްފަހު ޝަރަފް ބުނީ، މުޅި މުބާރާތުގައި ސެޓުތަކެއް ނުލިބި ދިޔަ ކަމުގައިވިޔަސް، ރަނގަޅު ވާދައެއް ކުރެއްވިއްޖެ ކަމަށާއި މި ސަރަހައްދުގެ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭކަން އެނގުނު ކަމަށެވެ. އަދި މިމުބާރާތުގައި ރާއްޖެއަށް ނަތީޖާ ނުނެރެވުނީ ކީތްވެތޯ އާއި، ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާ ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޭރުން އަންނަ ކޮމެންޓްތަކާއި އަޅުގަނޑުމެން ކުޅުންތެރިންގެ މޯޓިވޭޝަނާއި އަޅުގަނޑުމެން މެޗަށް ތައްޔާރުވާ ތައްޔާރުވުން، ހުރިހާ އެއްޗަކުން އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ ވޮލީބޯޅަ މިހާރު އެއް ސްޓެޕް ކުރިއަށް އަޅައިފިކަން. އަޅުގަނޑުމެން އެބަޖެހޭކަން މިކަހަލަ ޓީމުތަކާ ރަނގަޅު ވާދައެއް ކުރަންޖެހޭކަން. ދެން އަޅުގަނޑުމެން އިތުރަށް ވިސްނަންވީ ކިހިނެތްތޯ ނަތީޖާ ނެރޭނީ. އެއީ އަޅުގަނޑުމެން އިށީނދެގެން ދިރާސާކުރަންޖެހޭ ކަމެއް،" އޭނާ ބުންޏެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރަފް ބުނީ، މުބާރާތުގެ ހުރިހާ މެޗަކަށް ބަލާނަމަ ރާއްޖޭގެ ކުޅުންތެރިންނަށް މި ފެންވަރުގައި ވާދަކުރެވޭނެކަން ސާބިތުކޮށްދެއްވިއްޖެ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު ހުރިކަން ދައްކައިދީފި ކަމަށެވެ. ވޮލީބޯޅައާއި ރާއްޖޭގެ ހުރިހާ ކުޅިވަރެއް ވެސް ވަރަށް އެކަނިމާއެކަނި އޮތްކަން ވެސް ޝަރަފް ފާހަގަކުރިއެވެ.

"އެއް ފިޔަވަޅު ކުރިއަށޭ އަޅުގަނޑު މިބުނަނީ އެންމެ ފަހުން މުބާރާތުގައި އަޅުގަނޑުމެން ކުޅުންއިރު އަޅުގަނޑުމެންގެ ވޮލީބޯޅަ ޓީމަކީ ވަރަށް އެކަނިމާއެކަނި އޮންނަ ޓީމެއް. ވޮލީބޯޅައެއް ނޫން، ރާއްޖޭގެ ހުރިހާ ކުޅިވަރުތަކަކީ ވަރަށް އެކަނިމާއެކަނި އޮންނަ ކުޅިވަރުތަކެއް. މިއަދު މިމުބާރާތް މިތާ ބާއްވައިގެން އަޅުގަނޑުމެން ތަށި ހޯދަން ބޭނުންވީ. އަޅުގަނޑުމެންނަށް ތަށި ލިބޭނެޔޭ. އަޅުގަނޑުމެންނަށް ތަށްޓަށް ވާދަކުރެވެޔޭ. އެހެން ބުނި ބުނުމަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް ވާދަކުރެވޭތޯ ބެލި،" އޭނާ ބުންޏެވެ.

މާޗް 26، 2017: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރަނގަޅަށް މިތަނަށް އައިސް، މުބާރާތް ބެލި ކަމުގައިވަންޏާ އެނގޭނެ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރިކަން. އަޅުގަނޑުމެން ދިވެހި ކޯޗުން މަސައްކަތްކޮށްފިކަން އެނގޭނެ. އަޅުގަނޑުމެންނަށް މިހާލަތުގައި އޮވެގެންވެސް އެތިބި ބޮޑެތި ގައުމުތަކުން ނެރެފަ ތިބި ކުޅުންތެރިން އަޅުގަނޑުމެންނަށް އުފެއްދިއްޖެކަން، އެއީ ހަގީގަތަކީ. އެ ހަގީގަތް އަޅުގަނޑުމެންގެ ރައްޔިތުންގެ ކުރިމަތީ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ދައްކައިދެވިއްޖެ،"

ޝަރަފް އިތުރަށް ބުނީ، ރާއްޖޭގެ ޓީމުގައި ވަރަށް ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި ވަކި ކުޅުންތެރިޔަކު ނުނަގައިގެން ބޭރުން ޕްރެޝަރު އަންނަނީ ވެސް ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ޓީމުގައި ތިބުމުން ކަމަށެވެ. އަދި ޓީމަށް ހަ ކުޅުންތެރިން ނަގާއިރު ޓީމުން ބައެއް ކުޅުންތެރިންނަށް ޖާގަ ނުދެވުމުގެ މާނައަކީ ޓީމުގައި ހަ ކުޅުންތެރިންނަށްވުރެ އިތުރަށް ހުނަރުވެރި ކުޅުންތެރިން ތިބުން ކަމަށް ވެސް އޭނާ ބުންޏެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި މިއަދު ރާއްޖެ ބަލިކުރި ތުރުކުމަނިސްތާން ވަނީ ފައިނަލްގެ ސީދާ ޖާގައެއް ހޯދައިފައެވެ. ތުރުކުމަނިސްތާން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރިއިރު، ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް