ދޫނިދޫގައި އަދީބު ބަންދުކޮށްފައިވާ ގޮޅި ފުލުހުން ބަލައި ފާސްކޮށްފި

ކަރެކްޝަންސްގެ ބެލުމުގެ ދަށުން އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ -- ސަން ފޮޓޯ/ އިހުތިޝާމް މުހައްމަދު

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫ ގައި ބާއްވާފައި އޮންނަ ގޮޅި މިއަދު ފުލުހުން ބަލައި ފާސްކޮށްފި އެވެ.

އެނގިފައިވާ ގޮތުން މިއަދު މެންދުރު ފުލުހުން އަދީބުގެ ގޮޅިއަށް ވަދެ ވަނީ ބަލާ ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ ގޮޅިން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަން ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ އަދީބު ބަންދުކޮށްފައިވާ ގޮޅި ބަލައިފާސްކުރީ އެ ގޮޅީގައި އަދާބު އޮންނެވީތީ ނޫން ކަމަށާއި ގޮޅިތައް ބަލައިފާސްކުރުމަކީ އާންމު ކަމެއް ކަމަށެވެ.

އަދީބު ދޫނިދޫގައި ބާއްވާފައި އޮންނަ ގޮޅި ފުލުހުން ބަލާ ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށެވެ. ނަމަވެސް ބަލާ ފާސްކުރީ އެކަމާ ގުޅުން ހުރި ކަމެއްގައި ކަމެއް ނޭނގެ އެވެ.

އަދީބު ޖަލަށް ލާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލަން އުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ފިސްތޯލަ ގެންގުޅުނު މައްސަލާގަ އެވެ. އަދިވެސް އިތުރު މައްސަލަތަކެއްގައި ދައުވާ އުފުލި ޝަރީއަތްތައް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް