ރާއްޖޭގެ އިގްތިސާދާ ބެހޭ މައުލޫމާތު އިނގިރޭސި ވިލާތާ ހިއްސާކޮށްފި

އިނގިރޭސި ޕާލަމެންޓުގެ ބައެއް މެމްބަރުންނާ އެކު

ރާއްޖޭގެ އިގްތިސާދާއި، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ ހިއްސާކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިނގިރޭސި ވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ތިން ދުވަހުގެ އެ ދަތުރުފުޅުގައި މިނިސްޓަރު ސައީދު ވަނީ އިނގިރޭސި ސަރުކާރުގެ މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައެވެ.

އިކޮނޮމިިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ގޮތާއި، ރާއްޖޭގައި ހިނގަމުންދާ ބޮޑެތި މަޝްރޫއުތަކާ ބެހޭ މައުލޫމާތު، އިނގިރޭސި ސަރުކާރުގެ ވެރިންނާއި ވިޔަފާރިވެރިންނާ ހިއްސާ ކުރައްވައިފައެވެ.

"ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާއާއި، ރާއްޖޭގެ އިކޮނޮމީ ޑައިވާރސިފައި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ކުރެވުނު ކަންކަމުން، މިހާތަނަށް ހާސިލް ކުރެވުނު ނަތީޖާތައް މިނިސްޓަރ ހާމަކުރެއްވި،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު، ސަރުކާރުގެ އިގްތިސާދު ސިޔާސަތުތަކާއި، ކްރެޑިޓު ރޭޓިންގްގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމެންޓަށް އޮތް މާހައުލަކީ އިންވެސްޓަރުން ގަޔާވާ ފަދަ މާހައުލެއްކަން ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން މިހާރު ކުރާ މަސައްކަތުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި އިންވެސްޓްމެންޓް މާހައުލަށް އިތުރު ރަނގަޅު ބަދަލު އަންނާނެކަމަށް ވެސް މިނިސްޓަރު އެބޭފުޅުންނަށް ދެންނެވިއެވެ.

comment ކޮމެންޓް