ފުލޫއަށް ޕޮޒިޓިވްވި މާބަނޑު މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ދަނީ ފަރުވާދެމުން. އެ ރޯގާ ޖެހިގެން ފަރުވާދެމުން ދިޔަ މާބަނޑު މީހަކު މިއަދުވަނީ ނިޔާވެފައި --- ފޮޓޯ/ ފަޔާޒު މޫސާ

އެޗްވަންއެންވަންއަށް ޕޮޒިޓިވްވި މާބަނޑު އަންހެނަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވަދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗުން ވަނީ އެކަން ސަންއަށް ކަށަވަރުކޮށްދީފައެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 29 އަހަރުގެ އެ އަންހެން މީހާ ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ނިޔާވި މީހާގެ ތަފްސީލެއް އައިޖީއެމްޗުން ނުދެ އެވެ.

އެ މަރާއެކު މިހާތަނަށް އެޗް1އެން1 ޖެހިގެން މަރުވި މީހުންގެ އަދަދު ފަހަކަށް އެރީ އެވެ. އޭގެ އިތުރުން އެޗް1އެން1 އަށް އެއްދުވަހުން އަނެއް ދުވަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަދަލެއް ނައިސް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް