އައިޑޮލްގެ ގަދަ ނުވައަކަށް ނުގޮސް ރީހާން މުބާރާތުން ކަޓައިފި

މޯލްޑިވިއަން އައިޑޮލްގެ ގަދަ ނުވައަކަށް ނޮގޮސް މުބާރާތުން ކެޓި ރީހާން---

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ގަދަ ދިހައެއްގެ ވަރުގަދަ ހުށަހެޅުންތަކަކަށްފަހު މުބާރާތުގެ ގަދަ ނުވައަކުން ޖާގަ ނުލިބި މުހައްމަދު ރީހާން އައިޑޮލްގެ ދަތުރު ނިންމާލާފިއެވެ.

އެއް ހަފްތާގެ މެދުކެނޑުމަކަށް ފަހު ރޭ ބޭއްވި ޝޯގެ ލަވަތަށް ހާއްސަ ކޮށްފައިވަނީ "ޕްލޭބެކް ސިންގިން" އަށެވެ.

ރީހާން މޯލްޑިވިއަން އައިޑޮލްގެ ދަތުރު ނިންމާލިއިރު އޭނާއަށް މީގެ ކުރިން ވަނީ ޖަޖުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ވެސް ލިބިގެން ގޮސްފައެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ ދިހައަކާ ހަމައިން ރީހާނަށް ދަތުރު ނިންމާލަން ޖެހުނީ ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.

އައިޑޮލްގެ ގަދަ ނުވައެއް ހޮވުމަށް ބޭއްވި އެލިމިނޭޝަން ނައިޓްގެ ގެސްޓް ޖަޖް އަހްމަދު އާތިފް----

ގަދަ ނުވައެއް ހޮވުމަށް ބޭއްވި އެލިމިނޭޝަންް ނައިޓްގެ ގެސްޓް ޖަޖެއްގެ ގޮތުގައު ބައިވެރިވެފައި ވަނީ ރާއްޖެގެ މިއުޒިކް އިންޑަސްޓްރީގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފް އެވެ.

މިރޭގެ ޝޯގައި އާތިފްގެ ހިތްގައިމު ލަވަތަކަކަށް ބައިވެރިން ޑުއެޓް ލަވަތަކެއް ހުށަހަޅައިދިނުމަށްފަހު ބެލުންތެރިން ހައިރާންކޮށްލިއިރު އާތިފް ވަނީ އޭނާގެ އަޑުން ލަވައެއް ހުށަހަޅައިދީ ސްޓޭޖް ފަޅުފިލުވާލާފައެވެ.

ވަރުގަދަ ހުށަހެޅުންތަކަކަށްފަހު ގަދަ ނުވައަކުން ޖާގަ ހޯދާފައިވާ ބައިވެރިންނަކީ އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަމްވީލް މުހައްމަދު، އަހްމަދު ނަބީލް، ހަމޫދު އަހްމަދު، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާގެ އިތުރުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އަބްދުﷲ ހިޝާންއެވެ.

comment ކޮމެންޓް