ދަންމާނުގޭ އެނދުމުން 11 މީހަކު ވަގުތީ ހިޔާއަށް

ދަންމާނުގޭގައި ހިނގި އަލިފާނުގެ ހާދިސާ-- 11 މީހަކު ވަނީ ވަގުތީ ހިޔާގައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ރޭ ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި "ދަންމާނު" ގޭ 11 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފިއެވެ.

ރޭދަންވަރު 2:15 ކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ތިން ފުލޯއަށް ހަދާފައިވާ އެގޭ ވަނީ ނޫޅެވޭވަރަށް އަނދާހުލިވެފައެވެ.އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެގޭ ދެވަނަ ފުލޯގައި ކަރަންޓް ޝޯޓެއްވެގެންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓާ ހިސާން ހަސަން ވިދާޅުވީ، އެހާދިސާގައި ގެދޮރުގެއްލުނު 11 މީހަކަށް ވިލިމާލޭ ގެސްޓްހައުސްއެއްގައި ތިން ދުވަހުގެ ހުރުމާއި ކެއުން ހަމަޖައްސާފައިވާ ކަމަށެވެ.

ދަންމާނުގޭގައި ހިނގި އަލިފާނުގެ ހާދިސާ-- 11 މީހަކު ވަނީ ވަގުތީ ހިޔާގައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

"އެއީ އެއް އާއިލާއެއްގެ 11 މީހުން، އޭގެ ތެރޭގައި ކުޑަ ތިން ކުދިން ހިމެނޭ، ތިން ދުވަހު ހުރުމާއި ކެއުން އަދި ފައިސާ އެހީވާނީ ދީފަ،" ހިޝާން ވިދާޅުވިއެވެ.

އެގޭގައި ދިރިއުޅުނު އެހެން ފަރާތްތަކުން މިހާރުވަނީ އެކިތަންތަނަށް ބަދަލުވެފައެވެ.

އެމްއެންޑީއެފްއިން އަލިފާން ނިއްވަން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓުރޯލްވީ ރޭ 3.44 ކަންހާއިރުއެވެ. އެހާދިސާގައި މީހަކަށް އަނިޔާއެއްނުވެއެވެ.

comment ކޮމެންޓް