އިތުރު ހޮލީވުޑް ފިލްމަކަށް އަދި ސޮއި ނުކުރަން: ދީޕިކާ

'ޓްރިޕަލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް' އަށް ފަހު އިތުރު ހޮލީވުޑް ފިލްމެއްގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.

ނިއު ދިއްލީގައި ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ މިހާރު ކުރަމުން ދަނީ ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތީގެ މަސައްކަތް ކަމަށާއި، ފިލްމުގެ ސެޓުތަކަށް ގެއްލުން ދިން މައްސަލާގައި ވަރަށް ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ.

ްބޮލީވުޑުގެ އިތުރުން ހޮލީވުޑުގެ އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ އެހުމުން ދީޕިކާ ވަނީ ފުރުސަތު ލިބެމުން އަންނަ ކަމަށާއި ނަމަވެސް ހޮލީވުޑުގެ އިތުރު މަސައްކަތެއް ކުރަމުން ނުދާ ކަމަށް ބުނެފަ އެވެ.

"އަދި ހޮލީވުޑުގެ އިތުރު މަސައްކަތެއް މިވަގުތު ނެތް. މަސައްކަތެއް ކުރިއަށް ދާނަމަ ޔަގީނުން ވެސް އެކަން އަންގާނަން. ވަރަށް ގިނަ ފުރުސަތުތައް އެބަ ލިބޭ. މި ހުރީ ވަރަށް އުފަލުން،" ދީޕިކާ ބުންޏެވެ.

'ޕަދްމާވަތީ'ގައި ދީޕިކާ އަދާކުރާނީ ރާނީ ޕަދްމާވަތީގެ ރޯލެވެ. އޭނާގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގް އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

ފިލްމު ރިލީޒް ކުރަން ކަނޑައަޅާފައިވާ ތާރީޚަކީމި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް