ދެ ގަޑިއިރު ފަހުން ހުރިހާ ހިސާބަކަށް ކަރަންޓްދީފި

ސްޓެލްކޯގެ ފޯތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ޖަނަރޭޓަރުތައް:-ސަން ފައިލް ފޮތޯ

މާލޭގެ ބޮޑު ސަރަހައްދުން ކަރަންޓް ކެނޑުނުތާ ދެ ގަޑިއިރެއްހާ ފަހުން އަނބުރާ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފިއެވެ.

މިއަދު 10:00 ކަންހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ސުޓެލްކޯގެ މައި ދެ އިންޖީނު ނިވިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ކަރަންޓް ދޭން ފަށާފައިވާއިރު މުޅި މާލެއަށް އެއްކޮށް ކަރަންޓްދިނީ ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ.

ކަރަންޓް ކެނޑުމާއެކު ބައެއްގެތަކަށް ފެންލިބުމަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ހުޅުމާލޭގައި ބެކަޕެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭ އިންޖީނުގެއާއި މާލެ ގުޅައިލެވުމުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް