އެއާލައިންގެ މުވައްޒަފަށް ހަމަލާދިން މެމްބަރަކު އިންޑިއާގެ ފުލައިޓުތަކަށް ނާރުވަން ނިންމައިފި

އިންޑިއާގެ ބޮޑެތި އެއާލައިންތަކުން އެ އެއާލައިންގެ ފްލައިޓްތަކަށް ނޭރުވުމަށް ނިންމި މަޖިލިސް މެމްބަރު ----

އިންޑިއާގެ ޝިވި ސޭނާ ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު، އެއާ އިންޑިއާގެ ޑިޔުޓީ އޮފިސަރަކަށް ހަމަލާ ދިނުމާ ގުޅިގެން އިންޑިއާގެ އެއާލައިންތަނަށް އެރުވުން މަނާކޮށްފި އެވެ.

އެއާ އިންޑިއާގެ ޑިޔުޓީ އޮފިސަރަކަށް ހަމަލާ ދިނީ ޝިވި ސޭނާ ޕާޓީއަށް ނިސްބަތްވާ ރަވިންދުރު ގައިވާޑް ނަމަކަށް ކިޔާ މެމްބަރެކެވެ.

ރަވިންދުރު އެ އަމަލު ހިންގާފައި ވަނީ އިއްޔެ އިންޑިއާގެ ޕޫނާއިން ނިއު ދިއްލީއަށް ދިއުމަށް އެއާ އިންޑިއާގެ ބިޒްނަސް ކަލާސްއިން ސީޓް ހަމަޖައްސައިދުނުމަށް ތަކުރާރުކޮށް އެދުމުން އެކަން ނުކޮށްދިނުމުން ފައިވަނުން ހަމަލާދީގެންނެވެ. ބިޒްނަސް ކްލާސް ޓިކެޓް ރަވިންދުރަ ނެގި ނަމަވެސް އޭނާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓަކީ ބިޒްނަސް ކްލާސް ސީޓް ނުހުންނަ ފްލައިޓެއް ކަމަށް ވެއެވެ.

ރަވިންދުރަ ހިންގި އެ އަމަލުގެ ދިފާއުގައި އޭނާ ވިދާޅުވެފައި ވަނީ އޮފިސަރަށް ހަމަލާދިނީ އޭނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ބޭއަދަބީ ގޮތަކަށް އަމަލުކުރުމުން ކަމަށެވެ.

އެއާ އިންޑިއާ އިން ވަނީ ރަވިންދުރަ ކުރި ކުށަށް މާއަފަށް އެދިފައި ނުވާތީ މިއަދުން ފެށިގެން އެ އެއާލައިންގެ އެއްވެސް ފްލައިޓަކަށް އެ މެމްބަރަށް ނޭރުވޭނެ ކަމަށް ހާމަކޮށްފައެވެ. އެއާ އިންޑިއާއިން އެޅި އެ ފިޔަވަޅަށް ތާއިދުކޮށް ފެޑަރޭޝަން އޮފް އިންޑިއަން އެއާލައިންސް އިން ވަނީ އެ ފެޑަރޭޝަންގެ ދަށުގައިވާ އިންޑިއާގޯ އާއި ސްޕައިސް ޖެޓް އަދި ގޯއެއާ އަދި ޖެޓް އެއާސް އަށް ރަވިންދުރަ ނާރުވަން ނިންމައި އެކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް