އެޗްވަންއެޗްވަން އަށް އިތުރު ހަތް މީހަކު ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކްގައި ޚިދުމަތް ދެނީ --- ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާއަށް އިއްޔެ ޓެސްޓު ކުރި މީހުންގެ ތެރެއިން ހަތް މީހަކު އެ ރޯގާ އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޓެސްޓުކުރި 17 މީހުންގެ ތެރެއިން ހަތް މީހަކު ވަނީ އިންފުލުއެންޒާ ރޯގާ އަށް ޕޮޒިޓިވްވެފަ އެވެ.

މިއަހަރުގެ މިހާތަނަށް 460 މީހަކު އެޗްޗަންއެންވަން އަށް ޓެސްޓުކޮށްފައިވާ އިރު، ޖުމްލަ 176 މީހުން ވަނީ އެ ރޯގާ އަށް ޕޮޒިޓިވްވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު އަންނަނީ ފާއިތުވި ފަސް ދުވަހު ދަށަށް ދަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު 1909 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު، 1733 މީހުން ވަނީ އާދީއްތަ ދުވަހު ޑޮކްޓަރަށް ދައްކައިފަ އެވެ. ހޯމަ ދުވަހު 1440 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އަންގާރަ ދުވަހު 1338 މީހުން އަދި ބުދަ ދުވަހު 1234 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

އެޗްވަންއެންވަން އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 23 މީހުންނަށެވެ. އެޗްވަންއެންވަން އަށް ފަރުވާދިނުމަށް ފަހު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13 މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް