އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގެންފި 

އޭޝިއާ ސްޕެސިފިކް އޮފް ފޯރަމް ގައި މިނިސްޓާ މިނިސްޓަރ ޒެނީޝާ..

މިމަހު 22 އިން 23 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްފޫރުގައި ހިނގަމުންދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

ބައްދަލުވުމުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެންމެން ޝާމިލުވާ މުޖުތަމަޢުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން" އެވެ.

އުމުރުންދުވަސްވީ މީހުންގެ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ކުރިއެރުވުމާއި، އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް އެ ބައްދަލުވުމުގައި ޚާއްސަކޮށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމުގެ މުހިއްމުކަމާމެދު މަޝްވަރާކުރުމަށް ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި މިނިސްޓަރ ޒެނީޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ ހައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި 'ރަންވޭލާ' ކެމްޕޭންގެ މަޢުލޫމާތު ވަނީ ހިއްސާ ކޮއްފައެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ދޮށީ އުމުރުގެ މީހުންނަށް ލިބޭ އަނިޔާ އާއި އިހުމާލުން ރައްކާތެރިކުރުމުގައި އަދި އުމުރުންދުވަސްވީ މީހުންނާ ގުޅޭ ކަންތައްތަކުގައި ގޮތް ނިންމާއިރު އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގައި އާއިލާ އާއި މުޖުތަމަޢުގެ މުހިއްމު ދައުރު މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

ޢެފޯރަމަކީ މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެން ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓް އާއި ޔުނެސްކޯ ގުޅިގެން އިޖްތިމާޢީ ދާއިރާގެ ސިޔާސަތުތައް އުފައްދައި ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެން ހަރުދަނާކުރުމުގެގޮތުން ތަފާތު ޤައުމުތަކުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް މަޢުލޫމާތު ހިއްޞާކުރުމަށް ބާއްވި ބައްދަލުވުމެކެވެ.

comment ކޮމެންޓް