އުރީދޫ ހެޑްކުއާޓާ އެޅުމަށް ހުޅުމާލެ އިން ބިމެއްދީފި

ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: އެޗްޑީސީ

އުރީދުގެ ހެޑް ކުއާޓާ އެޅުމަށް ހުޅުމާލެ އިން ބިމެއް ދީފި އެވެ.

އެއެއްބަސްވުމުގައި އުރީދޫގެ ފަރާތުން އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ސޮއިކުރިއިރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން އެވެ.

އުރީދޫއަށް ބިން ދީފައި ވަނީ ވެސްޓްޕާކް ދެކުނުންނެވެ. އެއީ 11145 ސްކެއާ ފޫޓުގެ ބިމެކެވެ. އެއިމާރާތް އެޅުމަށް ދީފައި ވަނީ 30 މަސް ދުވަހުގެ މުއްދަތެކެވެ. ބިންދޫކުރި އަގު ސާފެއްނުވެ އެވެ.

އުރީދޫއިން ބުނީ ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ހެޑްކުއާޓާ ހިންގާނީ އެބިމުގައި ހަދާ އިމާރާތުގައި ކަމަށެވެ.

އުރީދޫވެފައި ވަނީ އެފަދަ ބައިނަލްއަގުވާމީ ކުންފުންޏެއް ހުޅުމާލޭގައި ހެޑްކުއާޓާ ހަދާ ފުރަތަމަ ކުންފުނީގެ ގޮތުގައި ކަމަށެވެ.

comment ކޮމެންޓް