ގަމު، މަތިމަރަދޫ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ

ލ. ގަން:

ލ. ގަމު މަތިމަރަދޫ ލޯކަލް މާރުކޭޓު ސަރަހައްދުން ގޮޅި ދޫކުރަން އިއުލާންކޮށްފި އެވެ.

އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލ. ގަމު މަތިމަރަދޫ ނާސަރީ ޢިމާރާތުގެ އިރުން ހަދާފައިވާ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މި މަހުގެ 28 ވަނަ ދުވަހު އެ އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 30 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވެސް އެ ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ވެސް އެކަމަށް ހުޅުވާލިއެވެ. ނަމަވެސް އަލުން އެކަމަށް ހުޅުވާލީ އެސްޓިމޭޓް ހުށަހެޅި ފަރާތްތައް މަދުވުމުން ކަމަށް އެކައުންސިލުން ބުންޏެވެ.

comment ކޮމެންޓް