އެތުލެޓިކޯއަށް ކޮސްޓާގެ ވަރުގަދަ މެސެޖެއް!

ޗެލްސީ ފޯވަޑް ޑިއޭގޯ ކޮސްޓާ: ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ވަނީ 17 ލަނޑު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

ޗެލްސީގެ ފޯވަޑް ޑިއޭގޯ ކޮސްޓާގެ ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑަށް އޭނާ ވަރުގަދަ މެސެޖެއް ދީފިއެވެ.

މިދިޔަ ސީޒަނަށްފަހު ހިތްހަމަނުޖެހުން ފާޅުކުރި ކޮސްޓާ ވަނީ އެނބުރި އެތުލެޓިކޯއަށް ދިއުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ޗެލްސީއަށް ބަދަލުވުމުގެ ކުރިން ކޮސްޓާ ވިދާލާފައި ވަނީ އެތުލެޓިކޯއިންނެވެ.

ޗެލްސީގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މި ސީޒަނުގައި ކޮސްޓާ ފެނިގެންދަނީ އެ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމު ހޯދައި ދިނުމަށް ކޮސްޓާގެ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. މިހާތަނަށް އޭނާ ވަނީ ލީގުގައި ޗެލްސީއަށް 17 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެތުލެޓިކޯގެ އިތުރުން ބޮޑު މުސާރައެއްގައި ޗައިނާގެ ކްލަބަކަށް ކޮސްޓާ ބަދަލުވާން އުޅޭކަމަށް ވެސް ވާހަކަތައް ދެކެވެމުންދިޔައެވެ. ޖެނުއަރީ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ދެކެވުނު އެ ވާހަކަތަކާއި ޗެލްސީއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދެކެވުނު ވާހަކަތަކަށް ކޮސްޓާ ރައްދުދިނީ އޭގެ ފަހުން ޗެލްސީގައި އޭނާ ދެއްކި މޮޅު ކުޅުމާއެކުއެވެ.

"އެތުލެޓިކޯއަށް އެނގޭ އަހަރެން އެކްލަބާމެދު ހާއްސަ އިހުސާސްތަކެއް އޮންނަކަމަށް. އަހަރެންގެ ކެރިޔަރުގެ އެންމެ މުހިންމު ދުވަސްތައް ހޭދަކުރީ އެކްލަބުގައި. ކޯޗު ޑިއޭގޯ ސިމިއޯނީއަށް ވެސް އެނގޭނެ އެ ކްލަބަށް އަލުން އަހަރެން ގެންދެވިދާނެކަން އަހަރެންނާއި ކޮންޓޭއާ ދެމެދު ގުޅުން ފެށުނީ އެހާ ރަނގަޅަކަށް ނޫން. އެއީ ކޮންޓޭ ކްލަބާ ހަވާލުވިއިރު އަހަރެން އޭނާ ކައިރީ ބުނިން އެތުލެޓިކޯއަށް ދާން ބޭނުންވާ ވާހަކަ،" ކޮސްޓާ ބުންޏެވެ.

ކޮސްޓާ ބުނީ، އެތުލެޓިކޯގެ ސަޕޯޓަރުންނަށްވުރެ ވެސް ބޮޑަށް ޗެލްސީގެ ސަޕޯޓަރުން ލޯބިކުރާ ކަމަށާއި އެތުލެޓިކޯއަށް ކެތްތެރިވެގެން އޭނާ ހޯދެން އޮތް ކަމަށްވިޔަސް، އެކްލަބުން އެކަން ނުކުރާ ކަމަށެވެ. އަދި އެތުލެޓިކޯއަށް އެނބުރި ދިއުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރިން ކުރި ނަމަވެސް، ދެން އެކްލަބަށް ދާން އެވަރަށް މަސައްކަތްނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް