ނަޗް ބަލިޔޭ 8: އެންމެ ބޮޑު އަގެއް ހުށަހެޅި ޖޯޑަކީ ކޮބާ؟

މަޝްހޫރު ޖޯޑުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑާންސް ޝޯ 'ނަޗް ބަލިޔޭ'ގެ އަށް ވަނަ ސީޒަން ފެށުމަށް މިހާރު މިވަނީ ތައްޔާރުވެފަ އެވެ. މި ފަހަރުގެ ސީޒަނުގައި ވާދަކުރާ ޖޯޑުތައް ވެސް މިހާރު ހާމަކޮށްފައިވާ އިރު، ޝޯގައި ވަރަށް ވާދަވެރި އަދި އެހާމެ ފުރިހަމަ ނެށުންތަކެއް ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.

މި ފަހަރުގެ ސީޒަނުގައި އެންމެ ތަރުހީބު ބޮޑު ޖޯޑުގެ ގޮތުގައި ފާހަގަ ކުރެވެނީ ސްޓާ ޕްލަސް އިން ގެނެސްދޭ މަގުބޫލު ޓީވީ ޑްރާމާ 'ރޭ ހޭ މޮހައްބަތޭން'ގެ ދެ ތަރިން ކަމުގައިވާ ދިވްޔަންކާ ތުރިޕަތީ އަދި ފިރިމީހާ ވިވެކް ދާހިޔާ އެވެ.

އޭގެ އިތުރުން، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓްރެސް ސަނާޔާ އިރާނީ އާއި އޭނާގެ ފިރިމީހާ އަދި ޓީވީ އެކްޓަރު މޯހިތު ސޭގަލް އަކީ ވެސް ސަޕޯޓު ބޮޑު ޖޯޑެކެވެ. ސަނާޔާ އާއި މޯހިތު ވަނީ 'މިލޭ ޖަބް ހަމް ތުމް' ކިޔާ ޑްރާމާ އެއްގައި މަސައްކަތް ކޮށްފަ އެވެ.

ދެން އެންމެ ފާހަގަ ކޮށްލެވެނީ ކޮމީޑިއަން ބާރްތީ ސިން އާއި އޭނާގެ ލޯބިވެރިޔާ ހާރްޝް ލިމްބަޗިޔާ އެވެ.

ކޮންމެ އަކަސް، ޝޯވގައި ބައިވެރިބާ ޖޯޑުތަކަށް މީހުންގެ ޝައުގުވެރިކަން ހުއްޓިފައި ވީނަމަވެސް، ޝޯގައި ބައިވެރިވުމަށް ފަންނާނުން ހުށަހެޅި އަގުތައް ވެސް ބެލުންތެރިން ތިބީ ބޭނުން ވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން މިފަހަރުގެ ސީޒަނުގައި ބައިވެރިވުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ ބާރްތީ އަދި ހާރްޝް އެވެ. އެގޮތުން ކޮންމެ އެޕިސޯޑަކަށް 30 ލައްކަ އިންޑިއާ ރުޕީޒް ދޭން ޖެހޭނެ ކަމަށް ބާރްތީ ވަނީ އެއްބަސްވެފަ އެވެ.

މިއީ ޑާންސް ޝޯއެއްގައި ބާރްތީ ފެނިގެންދާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން ޑާންސް ޝޯވ 'ޖަލަކް ދިކްލާޖާ'ގައި ވެސް ބައިވެރިވެފަ އެވެ. އެ ޝޯ ބާރްތީ އަށް ކާމިޔާބު ނުކުރެވުނަސް ރައްޔިތުންގެ ލޯބި ވަނީ ހޯދައިފަ އެވެ.

ނަޗް ބަލިޔޭ 8' ދައްކަން ފަށާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާއިރު އެވެ.

comment ކޮމެންޓް