ހަމާލާދިން އިރު މިނިސްޓަރު ސައީދު ހުންނެވީ ޔޫކޭ ގާނޫނުހަދާ މަޖިލީހުގެ ތެރޭގައި

މިނިސްޓަރު ސައީދު(ވ-2) އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި --- ޔޫކޭ މޯލްޑިވްސް އެމްބަސީ

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މިރޭ ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔަ ވަގުތު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހުންނެވީ މަޖިލީހުގެ ތެރޭގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މިރޭ ހަމަލާތަކެއް ދިންއިރު މިނިސްޓަރު ހުންނެވީ އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކަމަށެވެ.

އަދި ހަމަލާގައި މިނިސްޓަރާއި މިނިސްޓްރާއެކު ދަތުރުގައި ބައިވެރިވާ ވަފުދަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާކަމަށާއި އެބޭފުޅުން ތިއްބެވީ ސަލާމަތުން ކަމަށް ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިނިސްޓަރު ސައީދު އަދިވެސް ހުންނެވީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ކަމަށެވެ. އަދި ހަމަލާއާ ގުޅިގެން ލަންޑަނުގައި ދިރިއުޅޭ ދިވެހިންގެ ހާލު މޮނީޓަރު ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

އިނގިރޭސި ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ބުނީ، ވެސްޓްމިންސްޓަރ ހަމަލާ ފެށުނީ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ހުރި ފުލުހަކަށް މީހަކަ ވަޅިން ހަމާލާ ދިނުމުގެ ސަބަބުން ކަމަށެވެ. އެ ހަމަލާ ދިން މީހާއަށް ފުލުހުން ވަނީ ބަނޑިން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

އިނގިރޭސި ފުލުހުން ވަނީ އެ ހަމަލާގެ އިތުރު ތަފްސީލެއް ލިބެންދެން ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

comment ކޮމެންޓް