ފުނަދޫ ނެރުމައްޗަށް އެރި ދޯނީގެ ފަށަން ހަލާކުވެ، ދިޔަވަނީ

"ފެސްކޯ" ދޯނި ފުނަދޫ ނެރުމައްޗަށް އަރާފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއަދު ހެނދުނު ކ. ފުނަދޫ ނެރުމައްޗަށް އެރި "ފެސްކޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ފަށަން ހަލާކުވެފައިވާ ކަމަށާއި، ދޯނި ދިޔަވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، ފަށަން ހަލާކުވުމުގެ ސަބަބުން ވަރަށް ބޮޑަށް ދިޔަ ވަމުންދާ ކަމަށާއި، ދިޔަވުން ކޮންޓްރޯލު ކުރުމަށް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދިޔަވުން ކޮންޓްރޯލް ކުރުމަށް ދިޔަވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ޑައިވަރުން ދަނީ ކުރަމުން،" އާޒިމް ވިދާޅުވި އެވެ.

އެ ދޯނި ފުނަދޫ ނެރުމައްޗަށް އަރާފައިވަނީ، ވިލިމާލެއިން ސިމެންތި ބަރުކޮށްގެން ފުނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައެވެ.

އެ ދޯނީގައި ހުރި ސިމެންތި ބަސްތާތައް ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެހެން ދޯންޏަކަށް ނަގައި ސަލާމަތްކޮށްފައެވެ.

ސިމެންތި ބަސްތާތައް ނެގުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާ ހިނގި އިރު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯންޏަކީ ށ. ބިލެއްފަހީ ދޯންޏެކެވެ.

comment ކޮމެންޓް