އެ ބުނާ އޯޑިއޯގައި އަޅުގަނޑުގެ އަޑެއް ނެތް، މަސީހު ވަތްކެއް ނުކުރެވޭނެ: އަބުޅޯ

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭގޮތުން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވާހަކަދައްކާ އޯޑިއޯގައި އޭނާގެ އަޑު ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބުޅޯ މިއަދު ސަން އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޯޑިއޯ ލީކުކޮށްލިއިރު އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެ އޯޑިއޯގައި އޭނާގެ އަޑެއް ނެތް ކަމަށެވެ.

"އަޅުގަނޑު އަޑުއަހައިފިން އެ އޯޑިއޯ އެއަކުން އަޚުގަނޑުގެ އަޑެއް ނީވޭ،" އަބުޅޯ ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ނަގަން އުޅޭ ވޯޓަކީ މުޅި ގައުމުގެ ތަރައްގީއާ ދެކޮޅަށް ނަގަން އުޅޭ ވޯޓެއް ކަމަށާއި އެއީ ކާމިޔާބުވާނެ ވޯޓެއް ނޫން ކަމަށެވެ. އެފަދަ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެންނަވާ ތަރައްގީތައް ފެނިފައި ހަސަދަވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން އެ އުޅެނީ މީޑިއާގެ ސަމާލުކަން ހޯދަން. އެއީކީ ކާމިޔާބުވާނެ ވޯޓެއް ނޫން. ޕީޕީއެމްގެ ޕީޖީ ގްރޫޕް މިއޮތީ ވަރަށް ބަދަހިކަމާއެކު،" އަބުޅޯ ވިދާޅިވިއެވެ.

comment ކޮމެންޓް