ފެން ޕްލާންޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ: އެމްޑަބްލިޔުއެސްސީ

28 ސެޕްޓެމްބަރ 2016:އެމްޑަބްލިއުއެސްސީގެ ޝޯ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގެ ދެސަރަހައްދެއްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ފެން ޕްލާންޓްތަކުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމްޑަބްލިޔުއެސްސީ)އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ މިއަދު ބުނީ ބޮޑުތަކުރުފާނުމަގުގައި ގާއިމްކުރާ 5000 ކޮޑިމީޓަރުގެ ފެން ޕްލާންޓު ކޮމިޝަންކުރުމުގެ މަސައްކަތް ނިންމާފައިވާއިރު ހަވީރީ ހިނގުމުގައި ބަހައްޓާ 2000 ކޮޑިމީޓާގެ ފެން ޕްލާންޓުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމި އެޕްލާންޓްވެސް ބޭނުންކުރެވެން ފެށިގެންދާނެ ކަމަށެވެ.

"މާލޭއާއި ހުޅުމާލޭގެ ނެޓްވޯކް ގުޅުވާލުމަށްޓަކައި ބުރިޖު މެދުވެރިކޮށް އެޅުމަށް ހަމަޖެހިފައިވާ ހޮޅިލައިން ޑިޒަިންކުރުމުގެ މަސައްކަތް ޗައިނާ ސީ ސީ ސީ ސެކަންޑް ހާބަރ އެންޖިނިއަރިން އާ ގުޅިގެން ދަނީ ކުރެވެމުން،" އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.

މިއަހަރު ފެނުގެ ދުވަހާ ގުޅުވައިގެން އެކުންފުނިން ވަނީ "ސޭވް ވޯޓަރ" ގެ ނަމުގައި ކެމްޕޭނެއް ފަށާފައެވެ. އެކެމްޕޭންގެ މަޤްސަދަކީ ރައްޔިތުން ފެން އިސްރާފް ނުކުރުމަށް ހޭލުންތރިކަން އިތުރު ކުރުމުގެ ގޮތްން މުޅި އަހަރަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްއެކެވެ. އެގޮތުން އިންސްޓަގުރާމް މުބާރާތަކާއ ސުކޫލުކުދިންނަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ.

އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ 1995ގެ ތެރޭގައި މާލެއަށް ދިމާވި ބޯފެނުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަޤްސަދުގައެވެ.

comment ކޮމެންޓް