ގާކޮށި ފުލެޓް ތިރީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް

ގާކޮށި ފުލެޓްގައި ބީއެމްއެލްގެ ސެލްޓަރު ހަދަނީ-- ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގާކޮށި ފުލެޓް (މާލޭ ސްކުއެއާ)ގައި ކަސްޓަމާ ސާވިސް ސެންޓާއަކާއި އޭޓީއެމް ސެންޓަރެއް ހުޅުވަން ނިންމައިފިއެވެ.

ބީއެމްއެލުން މިހާރު އަންނަނީ އެ ފުލެޓްގެ ތިރީގައި ކަސްޓަމާ ސެންޓަރަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބަހައްޓަނީ ކިތައް އޭޓީއެމްކަމެއް އަދި އެތަން ހުޅުވަނީ ކޮން ދުވަހަކުން ކަމެއް ސާފެއްނުވެއެވެ.

ބީއެމްއެލްއިން ބުނީ އެއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކުން މިއަހަރު ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮގްރާމްގައި ހިމެނޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ފާއިތުވީ ދެ އަހަރު ބީއެމްއެލްއިން ވަނީ އަހަރަކު 150 މިލިއަންރުފިޔާ އިންވެސްޓްކޮށްފައެވެ. އަދި ދާދިފަހުން ބޭންކުން ވަނީ އެ އަދަދު ދެ ގުނަކޮށް 2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައެވެ. އެގޮތުން ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރިއެވެ.

comment ކޮމެންޓް