ބޭނުން ވަނީ ހަމައެކަނި އެކްޓަރަކަށް ވާކަށް ނޫން: އާލިއާ

އާލިއާ ބަޓް --

ބޭނުން ވަނީ ހަމައެކަނި އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެ، އެކްޓަރެއްގެ ގޮތުގައި ކުރިއަށް ދާން ނޫން ކަމަށް، ބޮލީވުޑްގެ ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު 'އުޅްތާ ޕަންޖާބް' އިން ފިލްމުފެއާ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދާފައިވާ އާލިއާ ބުނީ، އޭނާ އަކީ ހަމައެކަނި އެންމެ ކަމެއް ރަނގަޅަށް ކުރަން އެނގޭ މީހަކަށް ވާން ބޭނުން ނޫން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ހަމައެކަނި އެކްޓަރެއްގެ ގޮތުގައި ލޭބަލް ވާކަށް. އަހަރެން ވާނީ މިވާހަކަ މަންމަ ގާތުގައި ވެސް ދައްކާފައި،" އާލިއާ ބުންޏެވެ.

އާލިއާ ބުނީ ޕްރޮޑިއުސް ކުރުމާއި، ލަވަކިޔުމާއި، އިޖުތިމާއީ މަސައްކަތްތަކަކީ އޭނާ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއް ނޫން ކަމަށާއި، އެއީ އެހެން މީހުންނަށްޓައި ކޮށްދޭ ކަމެއް ކަމަށެވެ.

އާލިއާގެ އެންމެ ފަހުން ރިލީޒްވި 'ބަދްރީނާތު ކީ ދުލްހަނިޔާ'ގެ ކާމިޔާބަށް ފަހު އާލިއާ ވަނީ ފިލްމީ ދާއިރާ އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ.

އާލިއާ ވަނީ އެ ދުވަސްތަކަކީ އޭނާ ނެށުމާއި، ކެއްކުމާއި އަދި ވެސް އޭނާ ދަސްކުރަން ބޭނުން އެހެން ހުނަރުތައް ދަސްކުރުމަށް ނަގާ ބްރޭކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް