'ބޫމީ'ގެ ޝޫޓިންގައި ސަންޖޭ އަށް އަނިޔާވެއްޖެ

ބޮލީވުޑު އެކްޓަރު ސަންޖޭ ދަތު މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު 'ބޫމީ'ގެ ޝޫޓިންގެ ތެރެއިން އޭނާ އަށް އަނިޔާވެއްޖެ އެވެ.

އުމުރުން 57 އަހަރުގެ ސަންޖޭ އަށް އަނިޔާވެފައި ވަނީ ޗަމްބަލްގައި ކުރިއަށް ދިޔަ ޝޫޓިން ގެ ތެރެއިންނެވެ. ފިލްމުގެ އޮފިޝަލަކު ބުނެފައި ވަނީ ސަންޖޭ އަށް އަނިޔާވެފައި ވަނީ ފިލްމުގެ ކްލައިމެކްސްގައި ހިމެނޭ އެކްޝަން ސީން އެއް ނެގުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި ސަންޖޭގެ މޭ ކަށިގަނޑު ކުޑަކޮށް ފްރެކްޗަރ ވެފައިވީ ނަމަވެސް، މާބޮޑު ގެއްލުމެއް ނުވާކަމާށް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

'ބޫމީ'ގެ ޓީމުން ބުނީ އަނިޔާ އަށް ފަހު ވެސް ސަންޖޭ ޝޫޓިން ކުރިއަށް ގެންގޮސްފަިއވާ ކަމަށެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ގިނަ ދުވަސްތަކަތަށް ފަހު ސަންޖޭ ފިލްމީ ދާއިރާ އަށް އެނބުރި އަންނަ ފިލްމަށެވެ.

ބޫމީ އަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް