ސިފައިންނަށް ވޯޓް ނުލެވޭ އިސްލާހަށް އެންމެ ފުރަތަމަ ތާއިީދުކުރީ ސިފައިން: މިނިސްޓަރު

އާދަމް ޝަރީފު އުމަރު: އޭނާ ވިދާޅުވީ ސިފައިންނަކީ ޕްރޮފެޝަނަލް ބައެއްކަން ސާބިތުކޮށްދީފައިވާ ކަމަށް --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އިންތިޚާބުތަކުގައި ސިފައިންނަށް ވޯޓް ނުލެވޭގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަށް އިއުލާނުކުރުމާ އެކު އެކަމަށް އެންމެ ފުރަތަމަ ތާއިދުކޮށް މަރުހަބާ ކިޔާފައިވަނީ ސިފައިންގެ އިސް ވެރީންނާއި ސިފައިން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ، އިންތިހާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން މިއަހަރު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށްމެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ހެވިކަމުގެ މުބާރާތް ނިންމާލުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސިފައިންގެ ކަންކަން އިސްލާހުކުރުމަށްޓަކައި ކުރާ ކޮންމެ ކަމެއްގައި ސިފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑު ދަންނަވާލިން ސިފައިންނަކީ ސިޔާސީ ގޮތުން އެއްވެސް ވަރަކަށް އެބާވަތުގެ ނޭދެވޭ ކަންކަމުގެ ތެރެއަށް ނުވަދެ، ވަަރަށް ޕްރޮފެޝަނަލްކޮށް މަސަތްކަތް ކުރައްވާނެ ބޭފުޅުންނަށް ހެއްދެވުމަށްޓަކައި ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާއަށް އިސްލާހުކުރުމަށް ހުށަހަޅާ ވާހަކަ،" މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ އެ ހުށަހެޅުމާ ގުޅިިގެން ވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަމަށް އެންމެ ބޮޑަށް މަރުހަބާ ވިދާޅުުވީ ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ސިފައިން ކަމަށް ވެގެން ދިއުން."

އާދެ އެ ހުށަހެޅުމާ ގުޅިިގެން ވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަމަށް އެންމެ ބޮޑަށް މަރުހަބާ ވިދާޅުުވީ ސިފައިންގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ސިފައިން ކަމަށް ވެގެން ދިއުން،އާދަމް ޝަރީފު އުމަރު

މިނިސްޓަރު ވިދާޅުވީ، ސިފައިންނަކީ ހަރުދަނާކަން މަތީގައި އަސްކަރިއްޔާ ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސަތްކަތްތަކެއް ކުރާ ބައެއް ކަމަށާއި 20 ވަނަ މާއްދާއަށް ގެންނަން މަސައްތަކްކުރާ އިސްލާހަށް ސިފައިންގެ ތެރެއިން ފުރިހަމައަށް ތާއިދު އޮތްކަން އެގުމުން ވެސް ސިފައިންގެ ޕްރޮފެޝަނަލްކަން ހާމަވެގެން ހިގައްޖެ ކަމަށެވެ.

"ސިފައިންގެ ގާނޫނަށް އަޅުގަނޑުމެން ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ހަމަޖެހިފައި އޮންނަ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކުރިއަށް ގެންދާނަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާހު ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދާނެ ކަމަށާއި އެ ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ އިތުރުން އިދިކޮޅު ބައެއް މެމްބަރުން ވެސް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް