އުރީދޫއިން ރާއްޖެއަށް ސްޕޫލް ތައާރަފުކޮށްފި

އުރީދޫއިން ރާއްޖެއަށް ސްޕޫލް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިންޓަނެޓު މެދުވެރިކޮށް ފިލްމު ބަލައި ޑައުންލޯޑުކުރެވޭ އިންޑިއާގެ މޯބައިލް ޕްލެޓްފޯމް "ސްޕޫލް"، އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ސްޕޫލް ސާވިސްގައި 10،000 އަށް ވުރެ ގިނަ ގަޑިއިރުގެ ބޮލީވުޑް ފިލްމު ހިމެނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އެންމެ ކުރީގެ ފިލްމުތަކާއި އެންމެ ފަހުގެ ފިލްމުތައް ވެސް ބަލާލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

""ސްޕޫލްގެ ޚާއްސަ ކަމަކީ މި ހުރިހާ ފިލްމެއްވެސް ބޭނުން ތަނެއްގައި ބޭނުން ގަޑިއަކު ވެބްސައިޓް ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ،" އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ސްޕޫލްއާ ގުޅިގެން އެ ޕްލެޓްފޯމުގެ ޕްރީމިއަމް ވާޝަންވެސް ތައާރަފުކޮށްފައެވެ.

އުރީދޫއިން ރާއްޖެއަށް ސްޕޫލް ތައާރަފުކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނޫރާ ވިދާޅުވީ ސްޕޫލްގެ ޕްރީމިއަމް ކެޓެލޮގް އަންލިމިޓެޑް އެކްސެސް ލިބި، ކޮންމެ ސްމާޓް ޑިވައިސެއް ބޭނުންކޮށްގެންވެސް ސްޕޫލްއިން ފިލްމު ބަލައިލެވޭނެ ކަމަށެވެ. އަދި ފިލްމު ބަލާއިރު އިޝްތިހާރާއި މެދުކެނޑުންތައް ވެސް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ސްޕޫލްއަށް ސަބްސްކްރައިބް ކުރުމަށްޓަކައި ތިން ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ.

އެއީ ތިން ރުފިޔާގެ "ސްޕޫލް މޫވީޒް 3" ޕެކޭޖު، 25 ރުފިޔާގެ "ސްޕޫލް މޫވީޒް 25" ޕެކޭޖް، 75 ރުފިޔާގެ "ސްޕޫލް މޫވީޒް 75"، އަދި 180 ރުފިޔާގެ ސްޕޫލް މޫވީޒް ޕެކޭޖެވެ. މި ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ "GO" ޖެހުމަށްފަހު 4545 އަށް މެސެޖު ފޮނުވުމެވެ. ނުވަތަ ސްޕޫލްގެ ވެބްސައިޓު މެދުވެރިކޮށް، އުރީދޫގެ ޕެކޭޖުތަކުގެ ތެރެއިން ކޮންމެވެސް އެއް ޕެކޭޖެއް ޚިޔާރު ކުރެވޭނެއެވެ.

އުރީދޫއިން މީގެ ކުރިން ވަނީ އިންޑިއާގެ އޮންލައިން ކޮންޓެންޓް ޕްލެޓްފޯމް "އިރޮސް ނައު" އަދި "ހަންގާމާ"ވެސް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

comment ކޮމެންޓް