ކާޑެއްދޫއަށް މަސްތުވާތަކެތި ގެންދިޔަ އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ އަންހެނެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: ޕޮލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް އާދިއްތަ ދުވަހުގެ ރޭ ދިޔަ ފްލައިޓުން މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދައް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 27 އަހަރުގެ އަންހެން މީހާގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށާއި މައްސަލަ އަންނަނީ އިތުރަށް ތަހުގީގްކުރަމުން ކަމަށެވެ.

އޭނާގެ ވަނަވަރު އަދިވެސް ފުލުހުން ހާމައެއްނުކުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ އަންހެނެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: ޕޮލިސް

ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކުރި އަންހެން މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބްލެޓް ސައިޒުގެ 98 ރަބަރު ޕެކެޓް ރައްކާކޮށްފައި ހުއްޓާވަނީ ފެނިފައެވެ.

comment ކޮމެންޓް