ޒީޓީވީން ގެނެސްދޭ ޖަމާއީ ރާޖާގެ ބަޠަލާ ''ރޯޝްނީ'' ރާއްޖޭގައި

ނިއާ ޝަރުމާ ރާއްޖޭގައި ނަގާފައިވާ ސެލްފީއެއް ---

ޒީ ޓީވީން ގެނެސްދޭ ޑްރާމާ ސީރީޒް، ޖަމާއީ ރާޖާގެ ބަޠަލާ ނިއާ ޝަރްމާ "ރޯޝްނީ" ޗުއްޓީ ހޭދަކޮށްލުމަށް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

ނިއާ ޝަރްމާ އިއްޔެ ރާއްޖެ އައިސް އޭނާގެ ޗުއްޓީގެ ދުވަސްތައް ހޭދަކުރަމުން ގެންދަނީ މާލެ އަތޮޅުގައި އޮންނަ އަދާރަން ޕްރިސްޓިޖް ވާދޫ ރިސޯޓްގައެވެ.

އޭނާ ރާއްޖޭގައި މަޑުކުރާނެ ވަކި މުއްދަތެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެގެ ހިތްގައިމު ކަމާއި ރީތިކަމަށް އޭނާ ވަނީ ތައުރީފް ކޮށްފައެވެ.

ނިއާ ޝަރްމާ އަކީ އިނޑިއާގެ ޓެލެވިޒަން އެކްޓަރުންގެ ގޮތުގައި ތިބި އެހެން ތަރިންނަށް ދޫކުރާ ތަރިއެއް ނޫނެވެ. އޭނާ ވަނީ ދެ ޑްރާމާއަކުން މޮޅު ހުނަރު ދައްކާލައި ބެލުންތެރީންގެ ހިތްތަކުން ޖާގަ ހޯދައިފައެވެ.

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން އެކްޓަރު ނިއާ ޝަރްމާ---

އެގޮތުން ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސީރީޒް "އޭކް ހަޒާރޯމޭ މޭރީ ބެހެނާ ހެއި" އިން މާންވީގެ ރޯލުން ފެނިގެން ގޮސްފައިވާއިރު އެންމެ ފަހުން އޭނާ ފެނުނީ ޒީޓީވީ އިން ގެނެސްދިން "ޖަމާއީ ރާޖާ" އިން ރޯޝްނީގެ ރޯލުންނެވެ.

މި ދެ ޑްރާމާ ސީރީޒް އަކީ ވެސް ބެލުންތެރީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދެ ސީރީޒެވެ. އެންމެ ފަހުން ޒީޓީވީ އިން ގެނެސްދިން ޑްރާމާއަށް ފަހު ނިއާ ޝަރްމާ އަދި ޑްރާމާ އަކުން ފެނިފައެއް ނުވެއެވެ.

އެހެން ނަމަވެސް ނިއާ ޝަރްމާގެ އިތުރު ސީރީޒެއް ވަރަށް އަވަހަށް ރިލީޒް ވާނެއެވެ. ނަމަކީ "ޓްވިސްޓެޑް" އެވެ.

comment ކޮމެންޓް