Sun Online
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު ފުލުހަށް ހާޒިރު ކޮށްފި

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މައުލޫމާތެއް ސާފުކުރުމަށް މިހާރު ނޫހުގެ އެޑިޓަރު މިއަދު 6:45ގައި ފުލުސް އޮފީހަށް ހާޒިރު ކުރި ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި މައްސަލަ ހުށަހެޅި ފަރާތެއްވެސް ފުލުހުން ސާފެއް ނުކޮށްދެ އެވެ.

އެނގިފައިވާގޮތުން އިސްމާއިލް ނަސީރު ފުލުސް އޮފީހަށް ހާޒިރު ކުރީ "ހުކުމެއް ނެތި ވާނުވާ ނޭނގި ޖަލުގައި - ބޮޑު އަނިޔާއެއް،" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ލިޔުނުު ރިޕޯޓަކާއި އަދި "އަދީބު އޮތީ ކޮންކްރީޓް ހޮހޮޅައެއްގައި އިރަށް ދޮންވާގޮތަށް: މަހްލޫފް" މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރަކާ ގުޅިގެން ސުވާލު ކުރާށެވެ.

އެނގިފައިވާގޮތުން ފުލުހަށް އެމައްސަލަ ހުށަހެޅީ ޑިޕާޓްމެންޓް އޮސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

މީގެކުރިންވެސް މިހާރު ނޫހުގެ ނޫސްވެރިއަކު ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި އަބުރުގެ މައްސަލަ އަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

infinity loading...
×
DB released 01.