Sun Online
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި--
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި--

ނޭޕާލް ޓީމް މާލެ އައުން ލަސްވެއްޖެ

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ނޭޕާލް ޓީމް މާލެ އައުން ލަސްވެއްޖެއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުރި އެ އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވީ ނޭޕާލް ޓީމް ކުރިން މާލެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ މިރޭ ކަމަށާއި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ޓީމަށް މާލެ އާދެވޭނީ މާދަމާ ކަމަށެވެ.

"ކަމެއް ދިމާވެގެން މިރޭ އަންނަން އޮތް ފްލައިޓް މިވަނީ މާދަމާ ހެނދުނަށް ބަދަލްވެފަ. ކުރިން އޮތް ގޮތުން ނަމަ މިރޭ އެޓީމް އަންނާނެ. ޓީމް އައުން ލަސްވީމަ ހަމަޖައްސަން ޖެހޭ ބެއެއް ކަންކަން ހަމަޖައްސަމުން މިދަނީ،" ޝާފީ ވިދާޅުވިއެވެ.

ނޭޕާލް ޓީމަކީ ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ވާދަ ކުރާ ހަމައެކަނި ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޓީމެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ބޭރު ޓީމު ތަކުގެތެރެއިން މިރޭ މާލެ އަންނާނީ ހަމަ އެކަނި ތުރުކެމިނސްތާން ޓީމް އެކަންޏެވެ. އެޓީމް މާލެ އައުމަށް ހަަމޖެހިފައިވަނީ މިރޭ 21:00 ގައެވެ. މާދަމާ ހެނދުނު ނޭޕާލް ޓީމް މާލެ އަންނަ އިރު ކިރްގިސްތާން ޓީމް މާލެ އަންނާނީ ބުދަ ދުވަހުއެވެ.

މުބާރާތް ބުދަ ދުވަހު ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ކިރްގިސްތާނާ ދިވެހިރާއްޖެއެވެ.

infinity loading...
×
DB released 01.