ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ އަންހެނެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: ޕޮލިސް 
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ އަންހެނެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: ޕޮލިސް 

ވައިގެމަގުން ކާޑެއްދޫއަށް މަސްތުވާތަކެތި ގެންދިޔަ އަންހެނަކު ހައްޔަރުކޮށްފި

މުއާވިޔަތު އަންވަރު
ލިޔުނީމުއާވިޔަތު އަންވަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ ފްލައިޓަކުން މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އަންހެން މީހާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބްލެޓް ސައިޒުގެ 98 ރަބަރު ޕެކެޓް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގދ. ކާޑެއްދޫއަށް ރޭ ދިޔަ އަންހެނެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ---- ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ތިނަދޫ ޕޮލިސްޓޭޝަން ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

DB released.