ބޮސްޓޮން ފެއާގައި ދިވެހި މަސްދަޅަށް ހޫނު ތަރުހީބެއް

ބޮސްޓޮން ފެއާގައި ބަހައްޓާފައި ހުރި މިފްކޯގެ ސްޓޯލް --

އެމެރިކާގެ ބޮސްޓޮންގައި މިހާރު ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ދިވެހި މަސްދަޅަށް ހޫނު ތަރުހީބެއް ލިބެމުން އެބަ ދެއެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އެސްޓީއޯގެ ސަބްސިޑަރީ، މިފްކޯ އާއި އެންސިސް ފިޝަރީސް ކުންފުންޏެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އެމްޑީ އަދްލީ އިސްމާއިލް ވިދާޅުވީ އެ ފެއާގައި ޕްރޮމޯޓު ކުރަމުން ދަނީ ކަަނޑުއޮތްގިރީގައި ބަންދުކުރާ މަހުގެ އިތުރުން ފެލިވަރުގައި އުފައްދާ އެޓޯލް ބްރޭންޑުގެ މަސް ދަޅު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފެއާގެ ތެރެއިން އެ މަހަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

"އެމެރިކާ މާކެޓަކީ ދޮށީގެ މަސްވެރިކަމުން މި ބާނާ ތިމާވެއްޓާ ރަށްޓެހި މަސްވެރިކަމަށް އެހާ ހޭލުންތެރި މާކެޓެއް ނޫން. އަޅުގަނޑުމެން އެކަމަށް ހޭލުންތެރި ވެސް އެބަ ކުރުވަން. އަދި އެ މާކެޓަކީ ރާއްޖެއަށް ރަނގަޅު މާކެޓެއް،"

އަދްލީ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް އެ ފެއާގައި މިފްކޯއިން ބައިވެރިވެއެވެ. މިއަހަރު އެފެއާގައި ބައިވެރިވީ ފިޝަރީސް ޕްރޮމޯޝަން ބޯޑުގެ ފަރާތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ފެއާގައި މިފްކޯގެ ފަރާތުން އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ބުންޔާމީނާއި ފެލިވަރުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ޝަރީފު ބައިވެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް