އެޗްވަންއެންވަންއާ ގުޅިގެން ކްލަބު މޯލްޑިވްސް ކަޕް ފަސްކޮށްފި

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް: އެ މުބާރާތް ދެން ފެށޭނީ އަންނަ މަހު 4ގައި --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސްއާ ގުޅިގެން ކްލަބު މޯލްޑިވްސް ކަޕް ފަސްކޮށްފިއެވެ.

އެޗްއަންއެންވަން ވައިރަސްއާ ގުޅިގެން ފަސްކުރުމުން ދެން އެ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކްލަބު މޯލްޑިވްސްއިން ބުނެއެވެ.

މެދުކެނޑުމެއްނެތި ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް ކުރިން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި މިއަހަރު 12 ޓީމު ބައިވެރިވެފައިވެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށް ވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

ކްލަބު މޯލްޑިވްސް ކަޕް:

  • ގްރޫޕް އޭ- ހެލްތު ރެކްރިއޭޝަން ކްލަބު، މޯލްޑިވް ގޭސް، އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް.
  • ގްރޫޕް ބީ- ޕްރިސަން ރެކްރިއޭޝަން ކްލަބު، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު، މޯލްޑިވިއަން.
  • ގްރޫޕް ސީ- ކްލަބު އިމިގްރޭޝަން، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ކްލަބު ތިލަފުށި ކޯޕަރޭޝަން، އެލައިޑް.
  • ގްރޫޕް ޑީ- ކްލަބު އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ، ޓީމް އެފްއެސްއެމް، އެމްޕީއެލް.
  • ގްރޫޕް އީ- އެމްއެންޔޫ ސްޓާފް ކްލަބު، ކްލަބު ވެމްކޯ، ކްލަބު އެމްއާރްޑީސީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.
  • ގްރޫޕް އެފް- ޓީމް ފެނަކަ، ޕޮލިސް ކްލަބު، އެޗްޕީއެސްއެން، މޯލްޑިވްސް މީޑިއާ ކްލަބު.
  • ގްރޫޕް ޖީ- ސިވިލް ކޯޓް، ޓީމް މެޑް، ކްލަބު އެމްވައިއެސް، ހައުސިން.
  • ގްރޫޕް އެޗް- ކްލަބު އެޗްޑީސީ، ކަސްޓަމް ރެކްރިއޭޝަން ކްލަބު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު، ކްލަބު އާސަންދަ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާ:

  • ގްރޫޕް އޭ- ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބު، ޓީމް އައިޖީއެމްއެޗް، ޓީމް ނަމްބާސް، ތައުލީމީ ގުޅުން.
  • ގްރޫޕް ބީ- އެމްއޭސީއެލް، ޕޮލިސް ކްލަބު، ފެހި ފަހި ކްލަބު، ޓީމް އޭޑަބްލިޔުއޭ، އުރީދޫ.
  • ގްރޫޕް ސީ- ކްލަބު އާސަންދަ، ކްލަބު އިމިގްރޭޝަން، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.
comment ކޮމެންޓް